ކެމަރޫންގެ ރައީސާ ދެކޮޅަށް އޭނާގެ އަންހެން ދަރި ނިކުމެއްޖެ

ކެމަރޫންގެ ރައީސް ޕައުލް ބިޔާ ވެރިކަން ކުރަމުންދާތާ ބަޔާޅީސް އަހަރު ވެއްޖެއެވެ. އޭނާގެ ކިބައިން ސަލާމަތް ވުމަށް ކޮށްފައިވާ އެއްވެސް މަސައްކަތެއް އަދި ކާމިޔާބެއް ނުވެއެވެ.

މިހާރު އުމުރުން ބަޔާނަވައި އަހަރުގެ ރައީސް ޕޯލް ބިޔާ އާ ދެކޮޅަށް ނިކުމެފައި ވަނީ އޭނާގެ އަންހެން ދަރިފުޅެވެ. ބްރެންޑާ ބިޔާ އާންމު ރައްޔިތުންނަށް އޭނާގެ މީސްމީޑިއާ އެކައުންޓު މެދުވެރިކޮށް ގޮވާލަމުން ދަނީ ރައީސް ބިޔާއަށް ވޯޓު ނުދިނުމަށެވެ. ބްރެންޑާގެ ޕޯސްޓްތައް ދަނީ ވައިރަލް ވަމުންނެވެ. 

އުމުރުން 27 އަހަރުގެ ބްރެންޑާ ވަނީ އޮކްޓޯބަރު 12 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކުރިން ވީހާވެސް ގިނަ ބަޔަކަށް އޭނާގެ މެސެޖު ފޯރާތޯ މަސައްކަތް ކުރަމުންނެވެ.

ބްރެންޑާ ބިޔާގެ ފޮޓޯތައްވެސް ވަނީ ވައިރަލް ވެފައެވެ. އޭނާ ފެންނަނީ ރޯލްސްރޮއިސް ކާރެއްގައި އަލިމަހުން ޖަރީކޮށްފައިވާ ރޮލެކްސް ގަޑިއެއް އަޅައިގެން އަމިއްލަ ޖެޓެއްގައި ދަތުރު ކުރަނިކޮށެވެ.

ބްރެންޑާ ބުނަނީ އޭނާގެ ބައްޕަ ނޫން މީހަކު ގައުމުގައި ވެރިކަން ކުރާނެ ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

ޕައުލް ބިޔާ ވަރުބަލި ކަމެއް ނެތި ކެމެރޫންގައި ވެރިކަން ކުރާތާ 42 އަހަރު ވެއްޖެއެވެ. އަދި ކެމެރޫންގެ 30 މިލިއަން މީހުންގެ އިޤްތިޞާދީ ހީނަރުކަމާއި ސިޔާސީ ފިއްތުންތަކުގެ ސަބަބުން ބިޔާއަށް ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!