ޖައުލާނީ ރައީސް ބެއްވި ފުރަތަމަ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފި

ސޫރިޔާގެ ވަގުތީ ރައީސް ޝެއިޚު ޖައުލާނީ ގެ ސަރުކާރުން އިންތިޒާމު ކުރި އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށްފިއެވެ. މިއިންތިޚާބުގައި 119 ކެންޑިޑޭޓުން ވަނީ އިންތިހާބުވެފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހަށް ޖައުލާނީ ރައީސް 70 މެމްބަރުން އައްޔަން ކުރައްވާނެއެވެ.

ޖައުލާނީ އއްޔަން ކުރައްވާ 70ގެ ތެރޭން %4 ގޮނޑި ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އަސަދުގެ ވެރިކަމާ ދެކޮޅަށް 13 އަހަރު ވަންދެން ހިނގި ހަމަނުޖެހުމުގައި ޒަޚަމްވި މީހުންނަށެވެ.

މިއިންތިޚާބުގައި އަންހެނުން އިންތިޚާބު ކުރެވިފައި ވަނީ މަދު އދަދަކަށެވެ. އަދި ސުރިޔާގެ ނަސާރާއިންގެ އާބާދީއާ އަޅާ ބަލާއިރު އެމީހުން އިންތިޚާބުވީ އެންމެ ދެ ގޮނޑިއަށެވެ.

ހިއްސާ ކުރައްވާ!