ފަލަސްޠީނުގެ ބިންތައް ހިފައި އެތަނުގައި ޖެނޮސައިޑް ހިންގައި ފައްސާލި މީހުން ޣައްޒާއަށް ގެނަސް ދުނިޔޭގެ ހުޅުވިފައިވާ އެންމެ ބޮޑު ކޮންސެންޓްރޭޝަން ކޭމްޕް ހަދައިގެން ޔަހޫދީ ޒަޔަނިސްޓުން އުޅުނެވެ. މިއަދު 7 އޮކްޓޯބަރުގައި މީގެ ދެ އަހަރު ކުރިން ފަލަސްޠީނު މީހުން ފުރާނަ އަތްމައްޗަށް ލައިގެން ނިކުތީ ޔަހޫދީ ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ އެމެރިކާގެ ކަސްތަޅުތަކުން މިނިވަން ވާން ދުނިޔޭގެ އެންމެ ބޮޑު ބާރާ ކުރިމަތި ލަމުންނެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެކު ޔަހޫދީންގެ ތާރީޚުގައި އެމީހުންނަށް ދިމާވި އެންމެ ބިރުވެރި ދުވަސް ފަލަސްޠީނު މީހުން އެމީހުންނަށް ދެއްކި އެވެ. އަދި ހުސްފަޔާ ހަތިޔާރެއް ނެތް ބަޔަކު ނިކުމެ ޔަހޫދީ ބާރު ގިއްގަޅުވާލީ އިންސާނީ ތާރީޚުގައި މިހާތަނަށް ފެނިފައި ނުވާފަދަ ހާދިސާއެއްގައެވެ. މިއަދަކީ އެ މުނާސަބާއަށް ދެ އަހަރު ފުރި 3 ވަނަ އަހަރަށް ލައިގަންނަ މުނާސަބާއެވެ. މުނާސަބާއާ ގުޅިގެން ޝަހީދު ބަޠަލް ޔަޙުޔާ ސިންވާރުގެ މަތިން ހަނދާން ކުރަމުން އެހެން ޝުހަދާއިންގެ ހަނދާންތައްވެސް އާކޮށްލަމާ ހެއްޔެވެ!
ފަލަސްޠީނު މިނިވަން ކުރުމަށް އަޤްޞާ ޠޫފާން ފެށުމާއެކު ޔަހޫދީން ފެށި ޖެނޮސައިޑާއެކު ގިނަ އަދަދެއްގެ ލީޑަރުން ވަނީ ޝަހީދުކޮށްލާފައެވެ. ފަލަސްޠީނުގެ ޝުހަދާއިންގެ ލިސްޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ލީޑަރުންނަކީ:
- އިސްމާއިލް ހަނިއްޔާ: ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ، ޔަހޫދީން އޭނާ ޝަހީދުކޮށްފައި ވަނީ އީރާންގައެވެ.
- ބަޠަލު ޔަހްޔާ ސިންވާރު: ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސްވެރިޔާ
- ހަމަލަތަކުގެ މޭސްތިރި މުހައްމަދު އަލް ޟައިފް: ހަމާސްގެ އަސްކަރީ ވިންގު ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްތަކުގެ ކޮމާންޑަރު
- މަރްވާން އީސާ: އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ އަސްކަރީ ކޮމާންޑަރު.
- ޞަލާޙު އަލް އަރޫރީ: ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޑެޕިއުޓީ ހެޑް
- ސަމީރު ފަންދީ: ހަމާސްގެ އަސްކަރީ ކޮމާންޑަރުންގެ ތެރެއިން އެކެއް.
- އައްޒާމް އަލް އަޤްރަޢަ: ހަމާސްގެ އަސްކަރީ ކޮމާންޑަރު.
ލުބުނާނުން ޝަހީދުކޮށްފައި ވަނީ:
- ޙުއްޖަތުލް އިސްލާމް ހަސަން ނަސްރުﷲ: ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް
- ހާޝިމް ސަފިއްޔުއްދީން: ހިޒްބުاللهގެ އެގްޒެކެޓިވް ކައުންސިލްގެ އިސްވެރިޔާ
- އިބްރާހިމް އާޤިލް: ހިޒްބުاللهގެ ރަދުވާން ފޯސްގެ ކޮމާންޑަރު
- މުހައްމަދު ސުރޫރު: ހިޒްބުاللهގެ ވައިގެ ސިފައިންގެ ކޮމާންޑަރު
- ފުއާދު ޝުކޫރު: ހިޒްބުاللهގެ ޖިހާދު ކައުންސިލްގެ މެންބަރު
- މުހައްމަދު އަފީފް: ހިޒްބުاللهގެ ޕަބްލިކް ރިލޭޝަންސް ޔުނިޓުގެ އިސްވެރިޔާ
- ހަސަން ޢީޒް އަދުއްދީން: ހިޒްބުاللهގެ ބަދުރު ޔުނިޓުގެ ވައިގެ ދިފާޢީ ނިޒާމުގެ ވެރިޔާ
- އަލީ ކަރަކީ: ހިޒްބުاللهގެ ދެކުނު ފްރޮންޓުގެ ކޮމާންޑަރު
- ނަބީލް ޤައުކް: ހިޒްބުاللهގެ ޕްރިވެންޓިވް ސެކިއުރިޓީގެ ވެރިޔާ
- އިބްރާހިމް ޤުބައިސީ: ހިޒްބުاللهގެ މިސައިލް ޔުނިޓުގެ ކޮމާންޑަރު
އީރާނުން ޝަހީދު ކޮށްފައި ވަނީ:
- މުހައްމަދު ބަޣްރީ: އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް
- އައްބާސް ނިލްފުރޫޝާން: އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޑެޕިއުޓީ ކޮމާންޑަރު
- ހުސެއިން ސަލާމީ: އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު
- ސައީދު އިޒާދީ: ޤުދުސް ފޯސްގެ ފަލަސްތީނު ކޯޕްސްގެ ކޮމާންޑަރު
- ހަސަން މުހައްޤު: ރިވޮލިއުޝަނަރީ ގާޑްގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފް
- ބަހުނާމް ޝަހުރިޔާރީ: ޤުދުސް ފޯސްގެ ކޮމާންޑަރު
ގުޅުން ހުރި ލިޔުންތައް:



