މަޑަަކަސްކަރުގެ ރައީސް އެންޑްރީ ރަޖޮލީނާގެ ސަރުކާރު ވަނީ އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ކަރަންޓާއި ފެން ނުލިބުމުގެ މައްސަލައިގައި ޒުވާނުން ހިންގި އިހުތިޖާޖުތަކަކާ ގުޅިގެން ބޮޑު ވަޒީރު މަގާމުން ދުރުކޮށް ސިފައިންގެ އިސް ޖެނަރަލް މަގާމަށް އައްޔަން ކުރުމުން، ސިފައިން ވަނީ އިންގިލާބެއް ގެންނަން އުޅެފައެވެ.
އިންގިލާބު ގެންނަން މަސަްއްކަތް ކުރި ސިފައިންގެ ޔުނިޓުން ވަނީ ސަރުކާރުގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަށް ގޮވާލާފައެވެ. އަދި އިންގިލާބު ގެންނަން އުޅުނު މީހުން ވަނީ ޖެނެރަލް ޑެމޮސްތެނީ ޕިކިއުލަސް ސިފައިންގެ އިސްވެރިޔާގެ ގޮތުގައި އިއުލާނުކޮށްފައެވެ. މީގެ އިތުރުން، ކުރިން ސަރުކާރާއެކު އޮތް ޕެރަމިލިޓަރީ ޔުނިޓުން ވަނީ އެމީހުންގެ ޒިންމާއަކީ ރައްޔިތުން ރައްކާތެރިކުރުން ކަމަށް ބުނެފައެވެ.
އިހުތިޖާޖުކުރާ ފަރާތްތަކުން ވަނީ ކެންޔާ، ނޭޕާލް، އިންޑޮނޭޝިއާ އަދި ޕެރޫގައިވެސް ޒުވާނުންގެ މަގުމަތީ ހަރަކާތްތަކުގައި ބޭނުންކުރި ނިޝާން ބޭނުން ކުރަން ފަށާފައެވެ. މުޒާހަރާކުރާ ފަރާތްތަކުން ވަނީ ރައީސް ރަޖޮލީނާ އިސްތިއުފާދިނުމަށާއި، މުޒާހަރާތަކުގައި ހިންގި އަނިޔާވެރި ޢަމަލުތަކަށް މަޢާފަށް އެދުމަށާއި، ސެނެޓާއި އިލެކްޝަން ކޮމިޝަން އުވާލުމަށް ގޮވާލާފައެވެ.
މަޑަގަސްކަރުގެ 30 މިލިއަން އާބާދީގެ 75 އިންސައްތަ މީހުން ދިރިއުޅެނީ ފަގީރު ކަމުގައެވެ. އަދި އާބާދީގެ އެވަރެޖު އުމުރަކީ 20 އަހަރުން ދަށެވެ. ރައީސް ރަޖޮލީނާގެ އޮފީހުން ބުނާ ގޮތުގައި ސަރުކާރު އަދިވެސް އޮތީ ރައީސްގެ ބާރުގެ ދަށުގައެވެ. ނަމަވެސް، ރައީސް ހުންނެވި ތަނެއް އަދި ނޭނގެއެވެ.






