އެމެރިކާއިން މާލީއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަށ ބަދަލު ހިފުމުގެ ގޮތުން މާލީން ވަނީ ވިޔަފާރި ނުވަތަ ޓޫރިސްޓް ވިސާ ހޯދަން ބޭނުންވާ އެމެރިކާގެ ރައްޔިތުން މިހާރު 10،000 ޑޮލަރުގެ ބޮންޑެއް ދައްކަން ޖހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނަސްފައެވެ.
މާލީގެ ފޮރިން މިނިސްޓްރީން އިއުލާންކުރި މި ފިޔަވަޅަކީ މާލީ ރައްޔިތުންނަށް އެމެރިކާއިން އެޅި ފިޔަވަޅާ އެއްގޮތް ފިޔަވަޅެއް ކަމަށެވެ. ބަމާކޯ ވަނީ އެމެރިކާއިން މާލީ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅު 2005 ވަނަ އަހަރު ވެފައިވާ ދެގައުމުގެ އެއްބަސްވުމާ ހިލާފު ފިޔަވަޅެއް ކަމަށް ބުނ އެކަން ކުށްވެރިކޮށް، އެއް ގައުމުން އަނެއްގައުމާ އެއްފަދައިން މުއާމަލާތު ކުރުމުގެ ހަމަހަމަ އުސޫލަށް ބާރުއަޅާފައެވެ.






