8 ދައުރަށް ވެރިކަން ކުރެވި ރައީސަށް ވޯޓު ފޮށިން ނޫނެކޭ ބުނެފި

ކެމެރޫންގެ އިދިކޮޅު ކެންޑިޑޭޓް އީސާ ޗިރޫމާ ބަކަރީ ވަނީ 12 އޮކްޓޯބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދައިފައިވާ ކަމަށް އިއުލާންކޮށްފައެވެ. އަދި މިހާރުގެ ރައީސް ޕޯލް ބިޔާ އަށް ގޮވާލައްވާފައިވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވައި، ވޯޓު ފޮށިން ފެނުނު ހަޤީޤަތަށް އިހްތިރާމްކުރައްވާށެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ އުތުރުގައި އޮންނަ އޭނާގެ އުފަން ރަށް ގަރުއާގައި ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް ދެއްވި ބަޔާންގައި ޗިރޫމާ ބަކަރީ ވިދާޅުވެފައިވަނީ އޭނާއަށް ލިބިވަޑައިގަތް ކާމިޔާބީއަކީ ސާފު ކާމިޔާބީއެއް ކަމަށާއި، ރައްޔިތުން ހޮވާފައިވާ ގޮތަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ ބަކަރީއަށް މިއިންތިޚާބު ކާމިޔާބު ނުކުރެއްވޭ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ތަރުޖަމާނު އަދި ސިނާއަތާ ބެހޭ ވަޒީރުކަން ކުރައްވާ ފައިވާ ޗިރޫމާ ބަކަރީ ވަނީ މިއަހަރުގެ ކުރީކޮޅު ބިޔާގެ ސަރުކާރުން އިސްތިއުފާ ދެއްވައި، އިދިކޮޅު ޕާޓީތަކާއި މަދަނީ ޖަމާއަތްތަކުގެ އެއްބާރުލުން ލިބިގެން ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދަވާފައެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ރައީސްކަމުގައިވާ ބިޔާ ވަނީ 43 އަހަރު ވެރިކަމުގައި ހުންނެވުމަށް ފަހު އަށްވަނަ ދައުރަކަށް ވެސް ކުރިމަތިލައްވާފައެވެ. ޕައުލް ބިޔާއަކީ މިހާރު އުމުރުން 92 އަހަރުގެ އިންސާނެކެވެ.

ހިއްސާ ކުރައްވާ!