ބަނގްލަދޭޝް އެނބުރި ހަމަނުޖެހުމަށް

ބަންގްލަދޭޝްގެ ވެރިރަށުގައި އެގައުމުގެ ވަގުތީ ސަރުކާރުން އިއުލާން ކުރި ސަރުކާރުގެ އާ ޗާޓަރާއި ގުޅިގެން މުޒާހަރާތައް ހޫނު ވެއްޖެއެވެ.

މުޒާހަރާ ކުރާ މީހުން ބުނާ ގޮތުގައި މިދިޔަ ޖުލައި މަހު ފެށި މުޒާހަރާތަކާ ގުޅިގެން އައު ސަރުކާރުން އެކުލަވާލާފައިވާ “ޖުލައި ނޭޝަނަލް ޗާޓަރ” އަކީ ގައުމީ ކަންބޮޑުވުންތަކަށް ފަރުވާއެއް ނޫން ކަމ،ަށެވެ.

ބަންގްލަދޭޝްގެ ޕާލަމެންޓް ކޮމްޕްލެކްސްގެ ބޭރުގައި އެއްވެ މުޒާހަރާ ކުރި މީހުން ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހައި ލަޓިބުރި ބޭނުންކޮށްފައި ވެއެވެ.

ޖުލައި ނެޝަނަލް ޗާޓަރު އެކުލަވާލީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މަގާމުން ދުރުކުރުމަށް މެދުވެރިވި ޖެން ޒީގެ މުޒާހަރާތަކަށް އަހަރަކަށް ވުރެން ގިނަ ދުވަސްވި ފަހުންނެވެ..

އަންނަ އަހަރުގެ އިންތިހާބަށް ފަހު ޑިމޮކްރެޓިކް އިސްލާހު ކަށަވަރު ކުރުމުގެ މަގުސަދުގައި ބަންގްލަދޭޝްގެ އެންމެ ބާރުގަދަ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ސޮއިކުރި އެވެ. ނަމަވެސް މަގުމަތިގައި މި ޗާޓަރާ ދެކޮޅަށް ބަޔަކު މީހުން މުޒާހަރާ ކުރުމުން ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް އާއި އޭނާގެ ޕާޓީން ވަނީ ސޮއިކުރަން ދެކޮޅު ހަދައިފައެވެ.

މި ޗާޓަރތުގައި ސޮއިކުރުމަށް ދައުވަތު ދިނީ ޔޫނުސް އަމިއްލަފުޅަށެވެ.

ހިއްސާ ކުރައްވާ!