ބަނގްލަދޭޝްގައި ހަމަނުޖެހުން އުފައްދާނެ ކަމަށް ޖުލައި ފައިޓާޒް އިން އިންޒާރު ދީފި

ބަންގްލަދޭޝްގެ އެކްޓިވިސްޓް ގްރޫޕް ކަމަށްވާ (ޖުލައި ފައިޓާސް) އިން ގައުމީ ފެންވަރެއްގައި ހަޅުތާލެއް ކުރުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އިހްތިޖާޖުތަކުގެ ޝިކާރައަކަށްވީ މީހުން ސަރުކާރުން ރަސްމީ ގޮތުން ބަލައި ގަތުމަށް ބާރުއަޅައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މުޒާހަރާއެކެވެ.

މި ގްރޫޕުން ވަނީ ޑރ. ޔޫސްގެ ވަގުތީ ސަރުކާރަށް 3 ކަމަށް އެދި ހުށަހަޅާފައެވެ. އެއީ، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ މުޒާހަރާތަކުގައި މަރުވެފައިވާ މީހުންނަށް ރަސްމީ ގޮތުން ސަރުކާރުން އިއުތިރާފުވުމާއި،  އެ މުޒާހަރާތަކުގައި އަނިޔާވި މީހުން "ޖުލައި މަހުގެ ހަނގުރާމަވެރިން" ގެ ގޮތުގައި ކަނޑައެޅުމާއި، އަދި އެ ހާސިދާތަކުގައި ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން އެހީތެރިވެ ޕެންޝަނެއް ދިނުމަށާއި، ޒަޚަމްވި މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސާފު މަގުޗާޓެއް އެކުލަވާލުމެވެ.

މިމީހުން ޕާލަމަންޓް ގެ ކައިރީގައި ބޭއްވި މުޒާހަރާތަކުގައި 36 މީހުންނަށް އަނިޔާވެފައިވާކަމަށް ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ބުނެފައިވެއެވެ. ފުލުހުން ލަޓި ބުރިން ތަޅައިގެން އަނިޔާ ކުރުމުން އެމީހުން ވަނީ ވެހިކަލްތަކަށާއި ވަގުތީ ޕާލިމަންޓް އިމާރާތަށް ގެއްލުން ދީފައިވެއެވެ.

ޖުލައި ފައިޓާސްއިން ވަނީ އިތުރަށްވެސް ހަޅުތާލު ކުރުމުގެ އަމަލުތައް ހިންގާނެ ކަމަށް ވަގުތީ ސަރުކާރަށް އިންޒާރު ދީފައެވެ. އަދި އެމީހުން ވަނީ ޑރ. ޔޫނުސްއަށް، ވޭތުވެދިޔަ އަހަރު އަވާމީ ލީގް ގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރި ހަމަނުޖެހުންތައް ވެސް ހަނދާންކޮށްދީ އިންޒާރު ފައިވެއެވެ. ބަންގްލަދޭޝް އަދިވެސް ވަނީ ސިޔާސީ ހަމަނުޖެހުމާއި އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުމުގެ ނާޒުކު މަރުހަލާއެއްގައެވެ.

ހިއްސާ ކުރައްވާ!