މަޑަގަސްކަރުގެ އިންގިލާބީ ސަރުކާރުން އައްޔަންކުރި ބޮޑު ވަޒީރު ޖެން ޒީއަށް ކަމަކު ނުދިޔަ

މަޑަގަސްކލަރުގައި މުޒާހަރާކޮށް ރައީސަށް ގައުމުން ފިއްލަވަން މަޖުބޫރު ކުރުމަށްފަހު ސިފައިން ގެނައި އިންގިލާބުގައި އުފާ ފާޅުކޮށް ހެދި ޖެން ޒީ އަށް އިންގިލާބީ ސަރުކާރުން އައްޔަން ކުރި ބޮޑު ވަޒީރު ކަމުނުގޮސްގެން އަނެއްކާވެސް ހަޅުތާލު ފަށައިފިއެވެ.

މަޑަގަސްކަރުގެ ރައީސް އެންޑްރީ ރަޖޮލީނާ ގެ ސަރުކާރު ވައްޓާލުމުގައި މުހިންމު ދައުރެއް އަދާކުރި ޖެން ޒީ ހަރަކާތުން، ވަނީ ފާއިތުވި ހަފްތާގައި ބަޣާވާތަކުން ވެރިކަން ހޯދި ކާނަލް މައިކަލް ރެންޑްރިއަނިރީނާ ގެ ސަރުކާރު ހިންގުމަށް ވިޔަފާރިވެރިއެއް ކަމުގައިވާ ހެރިންޓްސަލަމާ ރަޖައޯނަރިވެލޯ އައްޔަން ކުރުމަކީ ކޮރަޕްޝަނަށް މަގުފަހި ކުރުމެއް ކަމަށް ބުނެފައެވެ. އޭނާއަކީ މަޑަގަސްކަރުގެ ސަރުކާރުތަކުން ނާޖާއިޒު ފައިދާތަކާއި ބަދަލުތައް ހޯދައިގެން މުއްސަނދި ވެފައިވބާ ސާދާގަރެކެވެ.

ޖެން ޒީގެ މުޒާހަރާ ވެރި ޒުވާނުން ބުނެފައި ވަނީ މަޑަގަސްކަރުގެ ގާރޫނަށް ބޮޑު ވަޒީރުކަން ދީފައި ވަނީ އެމީހުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ހާމަކަމެއް ނެތް ގޮތެއްގައި ކަމަށެވެ. އަދި ޖެންޒީ އިން ގައުމުގެ ގާނޫނީ އަދި އިދާރީ އޮނިގަނޑު އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލާ ޒަމާނެއްގައި މި ގޮތަށް ހަމަޖެއްސުމުން މުޒާހަރާތަކާއި އިސްލާޙި މަސައްކަތުގެ މަގްސަދު ހާސިލު ނުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!