ޒަޔަނިސްޓު ޔަހޫދީން ޖެނޮސައިޑް ހިންގާ ކަމަށް ވާހަކަ ދައްކާނަމަ ޔޫކޭގައި ހައްޔަރު ކުރާނެ!

ޒަޔަނިސްޓު ޔަހޫދީން ޖެނޮސައިޑް ހިންގައި ކުޑަކުދިން މަރާކަމަށް ބުނި އިނގިރޭސިވިލާތުގެ ފަލަސްތީން ދަރިކޮޅުގެ ޑޮކްޓަު ރަހްމާ އަލްއަދްވާން ވަނީ އޭނާގެ ގޭގައި ހުއްތައި ފުލުހުން ރެއިޑްކޮށް އޭނާ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މެޑިކަލް ލައިސަންސް ބާޠިލު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

31 އަހަރުގެ މި ޑޮކްޓަރު ހައްޔަރު ކޮށްފައި ވަނީ އާންމު މުވާސަލާތީ ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ނުރަނގަޅު މެސެޖުތައް ފޮނުވުމާއި، ނަސްލީ ރުޅިވެރިކަން އުފެއްދުމުގެ ތުހުމަތުގައެވެ. ފަލަސްޠީނު މީހުންނާ ދެކޮޅަށް ޒަޔަނިސްޓުން ފާޅުގައި ބަދުބަސް ބުނާއިރު އެމީހުންނަށް ރައްކާތެރިކަން ލިނބިގެން ވެއެވެ. ރަހުމާ ހައްޔަރު ކުރީ ކޮމަންވެލްތު އޮފީސް ކުރިމަތީގައި ބޭއްވި އިހުތިޖާޖެއްގައި ޔަހޫދީން ހިންގާ ޖެނޮސައިޑާ ދެކޮޅަށް އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ނެވެ.

މި މައްސަލައިގެ ސަބަބުން އިނގިރޭސިވިލާތުގައި ޔަހުދީންގެ ސަޕޯޓުގައި ފައިސާ އަޅާ ޔަހޫދީ ލޮބީގެ ނުފޫޒާ މެދު ސުވާލު އުފެދި ފައި ވެއެވެ. އަދި އިނގިރޭސިންގެ ޑިމޮކްރެސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ރުޅިވެރިކަން އުފެއްދުމުގެ ވާހަކަތަކާ ދެމެދު ހުރި ތަފާތާ މެދު ވެސް ބަހުސްތައް ވަނީ އާވެފައެވެ. މި ވަގުތު ޑރ. ރަހުމާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.

ނަތަންޔާހޫއަށް ބަދުބަސް ބުނި ޖަރުމަން ލިޔުންތެރިޔާ ހައްޔަރުކޮށްފި

ހިއްސާ ކުރައްވާ!