އެމެރިކާއިން ޖޯޑަންއަށް ފޮނުވި އައު ސަފީރަކީ ޖޭމްސް (ޖިމް) ހޯލްޓްސްނައިޑަރ އެވެ. އޭނާއަކީ ސޯމާލިއާއާއި އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގެ ސިޔާދަތު ނަގާލައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ދުވަސްވަރު އެތަންތާނގައި އިސް ދައުރުތައް އަދާކޮށްފައިވާ އެމެރިކާގެ ސިފައިންގެ ތެރޭގައި އުޅުމަށްފަހު ޚާރިޖީ ދާއިރާއަށް ވަދެފައިވާ މީހެކެވެ. އަރަބި ބައެއް ގައުމުތަކުގެ އެމެރިކާގެ އެމްބަސީތަކުގައިވެސް އޭޏާ މަސައްކަތް ކުރައްވާފައި ވެއެވެ. އޭނާ ތައުލީމު ހާސިލު ކުރެއްވީ ފިޒިކްސްގެ ދާއިރާއިން ކޮލޮރާޑޯ ޔުނިވަރސިޓީން ނެވެ. އަދި އޭގެ ފަހުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕްރިންސްޓަން ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ އެއް ވެސް ހާސިލުކޮށްފައިވެއެވެ.





