ބަނގްލަދޭޝް އެހާރުގެ ތާރީޚާއި މިހާރުގެ ހަގީަތް

ދައުލަތެއްގެ ގޮތުގައި ބަނގްލަދޭޝް އުފެދިގެން އައި ފަންސާސް އަހަރުގެ ތެރޭގައި އެތެރެއިންނާއި ބޭރުން ރާވާފައިވާ ބަޣާވާތްތަކުގެ ސަބަބުން ޤާނޫނުއަސާސީގެ ހުކޫމަތު ބަލިކޮށް ސަރުކާރުތައް ބަލިކޮށް، ވެރިކަން ބަދަލުކުރަމުން ގޮސްފައި ވެއެވެ. މިގޮތުން، 1975 ވަނަ އަހަރުގެ އޮގަސްޓު 15 ވަނަ ދުވަހު ޝޭޚް މުޖީބުއްރަޙްމާނުގެ ސަރުކާރު، ބާރުގެ ބޭނުންކޮށްގެން ބަދަލުކުރީ، ޤާނޫނުއަސާސީއާ އެއްގޮތަށް ޕާލަމެންޓް ހަރަކާތްތެރިވަމުންދިޔަ ދަނޑިވަޅެއްގައެވެ. މިއީ އެ ޤައުމުގައި ޤާނޫނާ ޚިލާފާށް ވެރިކަން ބަދަލުކުރުން ފެށުމުގެ ދިގު ތާރީޚުގެ ފެށުމެވެ. 1975 ގެ މި ބަޣާވާތް ހިންގީ ސިފައިންގެ ތެރެއިން ވަކިވެގަތް ބަޔެކެވެ.

މިޙާލަތަށް މިއަދާހަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. 2024 ވަނަ އަހަރުގެ އޮގަސްޓުމަހު ވެސް ހަމަ މިފަދަ ޙާލަތެއް ވަނީ ތަކުރާރު ވެފައެވެ؛ ޝޭޚް ޙަސީނާގެ ސަރުކާރު ބަދަލުކުރިއިރު، މިއީ ‘ދަރިވަރުންގެ އިސްނެގުމުގެ’ މައްޗަށް ބިނާވެފައިވާ ކަމެއްގެ ގޮތުގައި ބުނެފައި ވެއެވެ.

ބަނގްލަދޝްގެ ތާރީޚުގެ ފުރަތަމަ ބަޣާވާތަކީ ދައުލަތުގެ ބިންގަލުގެ އުޞޫލުތަކަށް އަމާޒުކޮށް ހިންގުނު ފާޅުކަން ބޮޑު ބަޣާވާތެކެވެ. ޔޫނުސް ވެރިކަމަށް އައުމުގައި ޙަސީނާގެ ސަރުކާރު ބަދަލުކޮށް، ބަންގާޅުގެ ގާނޫނީ ހުކޫމަތުގެ ޤާނޫނީ އަސާސްތައް ނެތިކޮށްލުމުގެ މަޤްޞަދުގައި ރޭވުންތައް ރާވާފައި ވެއެވެ. އަދި މިއީ ފަރުދީ ކަމަކަށް ވުރެން ބޮޑަށް ޖަމާއީ ކަމެކެވެ.

ބަނގްލަދޭޝްގައި 1975 އާއި 1990 އާ ދޭތެރޭ ސިފައިންގެ ދެ ވެރިކަމެއް ފެނިފައި ވެއެވެ. އަދި 1971 ގައި ބަންގާޅު ދައުލަތެއްގެ ގޮތުގައި ބިނާކުރި ޑިމޮކްރެސީގެ އުޞޫލުތަކަށް އަރައިގަތުމަށްޓަކައި ނިޒާނީ ގޮތަކަށްް ބަޣާވާތްތައް ހިންގިފައި ވެއެވެ.

ޕާކިސްތާނަށް ބަލާއިރު އެގައުމުގެ ސިޔާސީ ކާރިސީ ހާލަތު އުފެދެނީ، ޕާކިސްތާންގެ ބައެއްގެ ގޮތުގައި ބަނގްލަދޭޝް އޮތް ހިސާބުންނެވެ. މިކަން ފެށުނީ ޖެނެރަލް އަޔޫބު ޚާނާ ހިސާބުންނެވެ. އޭނާ ޕާކިސްތާނުގެ ރައީސް އިސްކަންދަރު މިރްޒާއާއެކު 1958 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބަޣާވާތެއް ރޭވުމަށްފަހު، 1959 ގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައި އޮތް ފުރަތަމަ އާންމު އިންތިޚާބު ނުބޭއްވުމަށް ނިންމުމުންނެވެ. އަދި 1956 ގައި ބަލައިގަނެފައިވާ ޤާނޫނުއަސާސީ ބާތިލްކުރުމަށްފަހު، ސިފައިންގެ ވެރިކަމުން 1962 ގައި އަމިއްލަ ޤާނޫނުއަސާސީއެއް އެކުލަވާލި އެވެ. އަޔޫބު ޚާނުގެ 'އަސާސީ ޑިމޮކްރެސީ' ގެ ނަމުން މަޝްހޫރު ނިޒާމެއް ތަޢާރަފުކުރިއެވެ. އޭނާގެ ބާރު އޮތީ ސިފައިންގެ ތެރޭގައެވެ. ނަމަވެސް، އޭނާ ޕާކިސްތާނު މުސްލިމް ލީގު ދެ ބަޔަށް ބައިކުރިއެވެ. މިއީ ޕާކިސްތާނުގައި 'އަސްކަރީ ޑިމޮކްރެސީ' ގެ ފެށުމެވެ. 1971 ގައި ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމުން މިކަން ބަންގާޅުގައި ވެސް ތަކުރާރުވިއެވެ.

1975 ވަނަ އަހަރުގެ މެދުތެރޭގައި، ބަންގާޅުގައި ސިފައިން ވެރިކަން ހޯދުމަށް ފަހު، އެމީހުންގެ ބާރު ވަރުގަދަކޮށްލައި، އެ ޤައުމު އަލުން ޕާކިސްތާނުގެ ސިޔާސަތަށް އެނބުރި ދިޔައެވެ. ޖެނެރަލް ޒިއާއުއްރަޙްމާން ވަނީ އަޔޫބު ޚާންގެ ފިކުރާއެއްގޮތަށް، ބަންގާޅު ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އުފައްދާފައެވެ. ކުރިން އޮތް ސިޔާސީ ޕާޓީގެ ބައެއް އަޔޫބު ޚާނު ބޭނުންކުރި ގޮތަށް، ޖެނަރަލް ޒިއާ ވަނީ އެކަން އިތުރަށް ތަރައްޤީކޮށް އަމިއްލަ ޕާޓީއެއް އުފާއްދާފައެވެ. ނަމަވެސް އަޔޫބު ޚާނުގެ މުސްލިމް ލީގަށް ސިޔާސީ ފަންތީން މީހުން ވަންނަން ފެށިފަދައިން، ބަންގާޅުގެ ބީއެންޕީއަށް ވާތު ފިޔައާއި މެދުތެރޭ ފިކުރާއި ކަނާތު ސިޔާސީ ފިކުރުން މީހުން ބީއެންޕީއަށް ވަނެވެ. ބީއެންޕީ އުފެދުނީ ސިފައިންގެ ތެރެއިން ވެރިކަން ބޭނުންވެފައި ތިބި ބައެއްގެ އެދުމެއްގެ މަތިންނެވެ.

ޒިއާއުއްރަޙުމާންގެ ޤާނޫނާ ޚިލާފު ބަޣާވާތަށްފަހު ބަނގްލަދޭޝް ވެރިކަމުން ވަނީ 1975 ގެ އޮގަސްޓު މަހާއި ނޮވެމްބަރު މަހު މުޖީބުގެ ގާތިލުންނަށް އެހީތެރިވެ، 1971 ގައި ޕާކިސްތާނުގެ ސިފައިންނާ ގުޅިގެން މަސައްކަތްކުރި ފަރާތްތަކަށް ހިތްވަރުދީފައެވެ. ނަތީޖާއަކަށްވީ ބަންގާޅުގެ ސެކިޔުލަރ ޑިމޮކްރެޓިކް ސިޔާސަތަށް ބޮޑު ނުފޫޒެއް ފޯރުވުމެއެވެ. އަދި އެއާއެކު އޭނާގެ ސިޔާސީ ޕާޓީގެ ޒަރީޢާއިން ޤައުމުގެ ސިޔާސަތަށް އަސްކަރީ ނުފޫޒު ވަދެގެން ދިޔައެވެ. މިއީ ޕާކިސްތާންގައި އަޔޫބު ޚާންގެ ދުވަސްވަރުގެ ކަންކަން ހަނދާނަށްް ގެނަސްދޭ ކަމެކެވެ.

އަޔޫބު ޚާންގެ ސިޔާސީ ނުފޫޒުގެ ސަބަބުން ޕާކިސްތާނު އެތައް އަހަރެއް ވާންދެން ހަރުކަށި ސިފައިންގެ ވެރިކަމުގައި ބަނދެވިފައި އޮތްއިރު، ޖެނެރަލް ޙުސައިން މުޙައްމަދު އިރުޝާދު ފަދަ މީހުން ވެރިކަމުގައި ބާރުގަދަ ކުރިއެވެ. އަދި ޖެނަރަލް ޒިއާ އަވަހާރަކޮށްލިތާ ދިހަ މަސް ފަހުން، 1982 ވަނަ އަހަރުގެ މާރޗް މަހު، ޤައުމުގައި ދެވަނަ އަސްކަރީ ވެރިޔެއްގެ ހައިސިއްޔަތުން ޖެނަރަލް އިރުޝާދު ގެ ޖަތިޔަ ޕާޓީ ވެރިކަމަށް އިސްވިއެވެ. މިއީ ބަންގާޅުގެ ސިޔާސީ ހުކޫމަތުގެ ހީނަރުކަމުގެ އައު ފެށުމެކެވެ. އިރުޝާދު ވަނީ ޝެއިޚު މުޖީބުގެ ގާތިލުންނަށް ގައުމުގެ ސިޔާސީ އަސާސްތަކާ ޚިލާފަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައެވެ. ޖެނެރަލް ޒިއާގެ ވެރިކަމުގައި ޤާނޫނުއަސާސީން އިލްމާނީ ވެރިކަން އުނިކޮށްލި ބައި އިރުޝާދު އިތުރަށް ވަރުގަދަ ކޮށް އެކަން އިތުރަށް ގޯސްކުރިއެވެ. އެ ސިސިލްސިލާ މިއަދާ ހަމައަށް އެގޮތަށް ހިނގަމުން ދެއެވެ.

ހިއްސާ ކުރައްވާ!