އެމެރިކާގެ ކޮންގްރެސްގެ މެމްބަރު ޓެޑް ކްރޫޒްއަކީ ޒަޔަނސިްޓު ބަލީގެ ޝިކާރައަކަށްވެފައިވާ އިސްލާމޯފޯބެކެވެ. ނަމަވެސް އޭނާގެ ނާޒީ ފިކުރު އެނގިގެން ދިޔައީ ކޮންގްރެސްގައި އަމީރު ޣާލިބްއާ ސުއާލު ކުރުމުގެ ތެރޭގައެވެ. އަމީރު ޣާލިބަކީ ޔަމަނުގެ ދަރިކޮޅުގެ މުސްލިމެކެވެ. ޓްރަމްޕް ވަނީ އޭނާ ކުވެއިތުގެ އެމްބެސެޑަރުގެ މަގާމަށް ހަމަޖައްސާފައެވެ.
އެމެރިކާގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި، މިޝިގަން ސްޓޭޓްގެ ހަމްޓްރާމްގެ މޭޔަރު، އަމީރު ޣާލިބާ ޓެޑް ކުރޫޒް ސުއާލު ކުރިގޮތް އަލ؛ްޖަޒީރާއިން ސިފަކޮށްފައިވަނީ ނާޒީ ސްޓައިލަށް ކަމަށެވެ.
ޓެޑް ކުރޫޒަކީ ޒަޔަނިސްޓު ޔަހޫދީ ލޮބީން ފައިސާ ހޯދައިގެން ކޮންގްރެސްއަށް ވަދެފައިވާ ޒަޔަނިސްޓު ޔަހޫދ މަސްލަހަތު އިސްކުރާ މީހެކެވެ. ޓެޑް ކުރޫޒްގެ ނެއްގާނި ސުލޫކު ވަނީ މީސްމީޑިއާގެ ވީޑިއޯ ކްލިޕްތަކުގައި ވައިރަލް ވެފައެވެ. އަރަބި އަދި ޚާއްސަކޮށް ޔަމަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާގެ ނޭއްގާނިކަން ވަނީ ޢާއްމުވެފަ އެވެ. ޓެޑް ކުރޫޒް ބުނެފައި ވަނީ ޑރ. ޣާލިބް އެމަގާމަށް ހަމަޖައްސަން އޭނާ ސަޕޯޓު ނުކުރާނެ ކަމަށެވެ. 






