އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އޭނާގެ ނަމަށް ނިސްބަތް ކުރާ މާލަމެއް ހެދުމަށް ވައިޓް ހައުސްގެ ބައެއް ތަޅާލާފައެވެ. ތަޅާލާފައިވާ ތަނަކީ 83 އަހަރުވީ ތާރީޚީ 'އީސްޓް ވިންގް' އެވެ. މިތާނގައި 300 މިލިއަން ޑޮލަރު ހޭދަކޮށްގެން ޓްރަމްޕް ހަދާ މާލަމަކީ ރަނުން ޖަރީކޮށްފައިވާ ރަން ގޮނޑި ބަހައްޓާފައިވާ މާލަމެކެވެ. މިއީ އަރަބި ޝާހީ ގަނޑުވަރުތަކުގައި އޭނާއަށް ފެނިފައިވާ މާލަންތަކާ ވާދައަށް އޭނާ ހަދާ މާލަމެކެވެ.
މިތަން އިމާރާތް ކުރުމަށް އެނާ ވަނީ އެމެރިކާ ސަރުކާރުން ކަންކަން ފަހިކޮށްދޭން އެދޭ ޓްކެނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން ޗަންދާ ހޯދާފައެވެ. މިހާރު ލިބިފައިވާ 350 މިލިއަން ޑޮލަރަކީ ބޭނުންވާ ވަރަށް ވުރެން އިތުރަށް ލިބިފައިވާ ފައިސާ ކަމަށް ބުނެއެވެ.
ޓްރަމްޕް ބުނަނީ އޭނާގެ ވެރިކަން 2029 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިމޭއިރަށް މި މާލަމް ތައްޔާރުކޮށް ނިމޭނެ ކަމަށެވެ.







