މިހާރު އެމެރިކާ ސަރުކާރު ހިންގަނީ ހެޔޮ އެދޭ ފަރާތްތަކުން ދޭ ޗަންދާއިން

އެމެރިކާ ސަރުކާރުގައި ބޮޑު ތަޅު އެޅުވި ފަހުން ސިފައިންނަށް މުސާރަ ދޭނެ ގޮތެއް ނެތުމުން ހެޔޮ އެދޭ ފަރާތަކުން މުސާރަ ދިނުމަށް ޗަންދާ ދީފިއެވެ.

ޖަރުމަންވިލާތުގައި ބައިތިއްބާފައިޥާ ޖެނޮސައިޑަށް ފަންޑުކޮށް އިޒްރޭލަށް ދީލަތިކަމާއެކު އެހީދޭ އެމެރިކާ ސިފައިންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެން އެމީހުންނަށް މުސާރަ ދީފައި ވަނީ ޖަރުމަން ސަރުކާރުންނެވެ.

މިއަދު ހެޔޮ އެދޭ ފަރާތަކުން ވަނީ ސިފައިންނަށް މުސާރަ ދިނުމަށް 130 މިލިއަން ޑޮލަރުގެ ހަދިޔާއެއް ދީފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ މި ހަދިޔާ ގަބޫލުކޮށްފައި ވަނީ އާންމު ކޮށް ހަދިޔާ ގަބޫލު ކުރުމަށް އޮންނަ އުސޫލުންނެވެ.

"މި ހަދިޔާ ދިނީ ސިފައިންގެ މުސާރައިގެ ޚަރަދާއި އިނާޔަތްތައް ދިނުމަށް ޝަރުތުކޮށް." ޕެންޓަގަންގެ ޕްރިންސިޕަލް ތަރުޖަމާނު ޝޯން ޕާނެލް ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޓްރަމްޕް ވެސް ވަނީ މިކަން އިއުލާން ކޮށްފައެވެ. އޭނާ ވެސް ބުނެފައި ވަނީ ނަން ހާމަކުރަން ބޭނުން ނުވާ "ގައުމީ ލޯބިހުރި މީހަކު" އަދި "އަހަރެންގެ ރަހުމަތްތެރިއަކު" ސަރުކާރު ބަންދުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާ ހެދި އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވާ ކަމަށެވެ.

މިއީ އެމރިކާ ސިފައިންގެ ހޭދައަށް ހުވަނދަކަށްވެސް ނުވާނެއެވެ. އެމެރިކަން އެންޓަޕްރައިސް އިންސްޓިޓިއުޓްގެ ޓޮޑް ހެރިސަން ބުނާ ގޮތުގައި ސިފައިންނަށް ދޭ އަސާސީ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ގާތްގަނޑަކަށް 6.5 ބިލިއަން ޑޮލަރު ހޭދަ ކުރަން ޖެހެއެވެ.

ހިއްސާ ކުރައްވާ!