ވައިޓް ހައުސްއަށް ނޫސްވެރިންނަށް ވަނުމާއި ނުކުތުމުގައި އާ ފިޔަވަޅުތަކެއް އަޅައި ހަރުކަށި ކުރާ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. މި އާ ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންނަށް ޕްރެސް ސެކްރެޓަރީއާއި އަދި އެހެނިހެން އިސް އޮފިޝަލުންގެ އޮފީސްތަކަށް ދެން ވަދެވޭނީ ހުއްދަ ހޯދުމަށް ފަހުއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އާ ޕޮލިސީގެ ދަށުން "މަތީ ފަންގިފިލާގެ ޕްރެސް ރޫމް" އަށް ވަނުމަށް ވެސް އެޕޮއިންޓްމަންޓެއް ނަގަން ޖެހޭނެއެވެ. މިއީ ފަސޭހައިން މައުލޫމާތު ލިބުމަށް ހުރަސް އެޅި ނޫސްވެރިންގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ.
އިއުލާނުގައިވާ ގޮތުން، ނޫސްވެރިންނަށް ވައިޓްހައުސްއަށް ވަނުމަށް ހުރަސް އެޅުމުގެ މި ނިންމަށް ވަގުތުން ވަގުތަށް ތަންފީޒުކުރަން ފަށާފައެވެ. މި ފިޔަވަޅު އަޅާފައިވަނީ ޓްރަމްޕްގެ ސަރުކާެރުން ކަންކަން ސިއްރު ކުރުމަށް ގެންގުޅޭ "ހައްސާސް މައުލޫމާތުތައް ރައްކާތެރިކުރުމުގެ ބޭނުމުގައި" ކަމަށް ބުނާ އުސޫލުގެ ދަށުން ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.
މިދިޔަ މަހު ޕެންޓަގަންގައި ވެސް މިފަދަ ހުރަސްތަކެއް އަޅަން ފަށައި ނޫސްވެރިންނަށް ޚާއްސަ ކޮށްފައި ހުރި ޖަގަހައިން އެމީހުން ބޭރުކޮށްލާފައި ވެއެވެ. ވައިޓް ހައުސްގެ މި ފިޔަވަޅަކީ އެފަދަ ދެވަނަ ފިޔަވަޅެކެވެ. ޕެންޓަގަންގެ އާ ޕޮލިސީއާ ގުޅިގެން ނޫސްވެރިން ވަނީ އެތާނގައި ހުރި އޮފީސްތައް ހުސްކޮށް، އިހުތިޖާޖުކޮށް ނުރުހުން ފާޅުކޮށްފައެވެ.






