ސައުދީ އަރަބް ބޭނުން ވަނީ ސޫރިޔާއާ ރޭލުން ގުޅާލަން

ސައުދީ ވެރިރަށް ރިޔާޟާއި ސޫރިޔާގެ ވެރިރަށް ދިމިޝްޤާ ދެމެދު އުރުދުން ތެރޭން ލައިގެން ރޭލުގެ މަގުން ގުޅުވލުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ދެ ގައުމނުގެ ވިޔަފާރި ވެރިން ބުނެއެވެ. ސަޢޫދީ އަދި ސީރިއާގެ ވިޔަފާރިވެރިން ބުނާ ގޮތުގައި، ސަޢޫދީ ފައިސާ ވަރަށް އަވަހަށް ސީރިއާގެ ސިވިލް އެވިއޭޝަން، ތަޢުލީމު އަދި ޞިއްޙީ ދާއިރާތަކަށް  ލިބިގެން ދާނެއެވެ.

ސަޢޫދީ-ސީރިއާ ބިޒްނަސް ކައުންސިލްގެ ސީއީއޯ އަބްދުﷲ މާންދޫ ވިދާޅުވީ، ސީރިއާގެ މާކެޓަށް ވަނުމަށް ބޭނުންވާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ބޮޑު ކުންފުނި ކަމަށްވާ އެކްވާ ޕަވަރ އާއި މުވާސަލާތީ ގުޅުމުގެ ކުންފުނިތައް ހިމެނެއެވެ.

ސީރިއާ އަލުން ބިނާކުރުމަށްޓަކައި ސަޢޫދީ އަރަބިއްޔާގެ ބޮޑެތި ކުންފުނިތަކުން ބިލިއަނަށް ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރާވާފައިވާ މަސައްކަތަކީ އެ ޤައުމުގެ އިޤްތިޞާދު އަލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވިޔަފާރީގެ އުޞޫލެއްގެ މައްޗަށް ބިނާވެފައިވާ މަސައްކަތެކެވެ. ނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ސީރިއާގެ ދައުލަތުގެ ނިޒާމުތައް ފުނޑުފުނޑުވެފައިވުން މި މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާކަމަށް ވެއެވެ.

މާންދޫ ވިދާޅުވީ، ސައޫދީ އިންވެސްޓްްމެންޓް ޕްލޭނުގެ އަމާޒަކީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސީރިއާގެ އިޤްތިޞާދުގެ އަސާސް ބިނާ ކޮށް ދިނުމެވެ. އޭގެ ތެރޭގައި ހަކަތަ، މާލީ އަދި މުވާސަލާތީ ގުޅުމުގެ ދާއިރާ ހިމެބނެއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ސީރިއާއަށް ބިލިއަނަށް ވުރެން ޑޮލަރުގެ ޢަމަލީ އިންވެސްޓްމަންޓްތައް ގެނައުން ކަމަށް އޭނާ ވިދާޅުވެއެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ސީރިއާ އަލުން ބިނާކުރުމުގެ ޚަރަދު 216 ބިލިއަން ޑޮލަރަށް އަރައެވެ.

ސަޢޫދީ އަރަބުން ވަނީ ބިލިއަން ޑޮލަރަށް ވުރެ ގިނަ އިންވެސްޓްމަންޓްތައް ސީރިއާގައި ކުރާނެ ކަމަށް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ރިއަލް އެސްޓޭޓާއި އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށް 2.93 ބިލިއަން ޑޮލަރު ހޭދަ ކުރުން ހިމެނެއެވެ. މީގެ އިތުރުން، ސަޢޫދީގެ ބޮޑު މަޝްރޫޢެއް ކަމަށްވާ އައްދިރިއްޔާ ކުންފުނިން ވެސް ވަނީ ސީރިއާގެ ތާރީޚީ ތަންތަން އަލުން ބިނާކުރުމުގައި އެ ކުންފުނިން އަދާ ކުރާނެ ދައުރާ ބެހޭ ގޮތުން ސީރިއާގެ އޮފިޝަލުންނާ މަޝްވަރާކޮށްފައެވެ.

މި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށް ދިމާވަނީ އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ޚާއްޞަކޮށް ސީޒަރ އެކްޓްގެ ސަބަބުން ސޫރިޔާއަށް ރައުސްމާލް ފޮނުވުމަށް ދަތިވެއެވެ.

ހިއްސާ ކުރައްވާ!