ފޮޓޯގައި ޒަހްރާންގެ މަންމަ މީރާ ނައްޔަރުއާއި ބައްޕަ މަހުމޫދާއި އަނބިކަނބަލުން.
"ޑޮނަލްޑް ޓްރަމްޕް ގައުމަށް ޚިޔާނާތްތެރިވުމުން އޭނާ ބަލިކުރާނެ ގޮތް އެއްވެސް މީހަކު ކިޔައި ދޭނަމަ ބަލަންވީ އޭނާ މީހަކަށް ހަދައިދިން ސިޓީއާ ދިމާއަށް" ޒަހްރާން މަމްދާނީ އޭނާގެ ކާމިޔާބީއަށް ފަހު ދެއްވި ތަގްރީރުގައި ވިދާޅުވިއެވެ.
"މިއަދުގެ މި ނަތީޖާއަކީ މިއީ ހަމައެކަނި އަޅުގަނޑުމެން ޓްރަމްޕަށް ހުރަސްއަޅާނެ ގޮތެއް ނޫން. ދެން އަންނަން ހުރި އެފަދަ މީހާއަށްވެސް ހުރަސް އަޅާނީ ހަމަ މިގޮތަށް" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ ނަމުން މުޚާތަބު ކުރައްވަމުން މަމްދާނީ ވިދާޅުވީ ޓްރަމްޕަށް އިއްވާލަން އޮތީ 4 ބަހެއް ކަމަށެވެ.
"އޭ! ޑޮނަލްޑް ތްރަމްޕް! އަޅުގަނޑަށް އެނގޭ ކަލޭ އިންނާނީ މި މަންޒަރު ބަލަހައްޓައިގެން ކަން. އަޅުގަނޑު ބުނެލަން އޮތީ 4 ބަހެއް. އެއީ، 'ވޮލިއުމް ބާރުކޮށްލާ!'" މަމްދާނީ ވިދާޅުވިއެވެ.
ތްރަމްޕަ ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވައި އޭނާއާ ދެކޮޅަށް ފާޅުގައި ކެމްޕޭން ކޮށްފައެވެ. ޓްރަމްޕް ކަން ކުރި ގޮތަކީ ރާއްޖެފަދަ ޑިމޮކްރެސީއެއްގައި ނުފެންނާނެ ނާތަހުޒީބު ބީރައްޓެހި ސުލޫކެކެވެ. އެމެރިކާ މީހުން ދެން ދިވެހިންނަށް ޑިމޮކްރެސީ ކިޔައިދޭން އުޅެފިނަމަ ދައްކާލަން ރަނގަޅު މިސާލެކެވެ!
އޭގެ އިތުރުން މަމްދާނީއާ ދެކޮޅަށް އެމެރިކާގެ ވެރިން މަލާމާތްކޮށް ކުރި ފުރައްސާރައިން އޭނާގެ ފުރާނައަށް ނުރައްކާވި އެވެ.
ޓްރަމްޕް ބޮޑު އަކުރުން ކޮށްފައިވާ ޓުއީޓެއްގައި ބުނެފައި ވަނީ "ދެން މި ފެށުނީ!" ކަމަށެވެ. އޭނާ ވަނީ ނިއުޔޯކަށް އެމެރިކާ ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރޭން ކިރިޔާ ފުދޭ މިންވަރަށް ވުރެން އިތުރަށް ފައިސާ ނުދޭނެ ކަމަށް ބުނެފައެވެ.





