މަމްދާނީ މުސްލިމެއް ކަމަށް ބުނުމުން އިންޑިއާ ނޫސްތަކުން އެކަން ފާހަގަ ކޮށްފި

މުސްލިމެއް ކަމަށާއި އަދި މުހާޖިރެއް ކަމަށް ފަޚުރުވެރިކަމާއެކު ޒަހްރާން މަމްދާނީ އިއުލާން ކުރެއްވުމުން އިންޑިއާގެ މީޑިއާއިން އޭނާއަށް ތައުރީފް ކޮށްފިއެވެ. އިންޑިއާ މީޑިއާއިން ބުނެފައި ވަނީ މިއީ އިންޑިއާ މީހަކާ އިނދެގެން އުޅޭ ޖޭޑީ ވެންސްއަށްވެސް އަދި ނަމްރަތާ ހޭލީއަށްވެސް އަދި ކަމެލާ  ހެރިސްއަށް ކުރަން ނުކެރުނު ކަމެއް ކަމަށެވެ.

ނިއުޔޯކުގެ މޭޔަރުކަމަށް އިންތިޚާބު ވެވަޑައި ގަތުމުން އޭނާ ވަނީ މުހާޖިރެއް ކަމަށާއި މުސްލިމެއް ކަން ފަޚުރުވެރިކަމާއެކު އިއުލާން ކުރައްވާފައެވެ. އޭނާގެ މަންމައަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާގެ މުސްލިމު ބައްޕައަކީ ގުޖުރާތުން ޔޫގަންޑާއަށް ހިޖުރަކުރި ޚާންދާންގެ މީހެކެވެ. މިހާރު ކޮލަމްބިއާ ޔުނިވާސިޓީގެ ޕްރޮފެސަރެކެވެ.

އިންޑިއާގެ ބައެއް މީޑިއާ ޕްލެޓްފޯމްތަކުގައި ބުނެފައި ވަނީ މުހާޖިރުންނާ މެދު ނުބައި ތައްސަވުރެއް ޓްރަމްޕް ސަރުކާރުން ދައްކަމުން ދާއިރު މިއީ ތިމާގެ ޝަޚުސިއްޔަތު ސާބިތުކޮށް ދިނުމަށް މުހިންމު ވާހަކައެއް ކަމަށެވެ.

ހިއްސާ ކުރައްވާ!