ޑިމޮކްރެޓިކް ޕާޓީގެ އުމުރުން ދުވަސްވީ ލީޑަރު އަދި ކުރީގެ ކޮންގްރެސްގެ ރައީސް ނޭންސީ ޕެލޯސީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ނުކުރައްވައި ރިޓަޔާ ވާން ނިންމަވައިފިއެވެ. 2026 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި އޭނާގެ ނަން ނޯންނާނެތީ ޓްރަމްޕްގެ ސަޕޯޓަރުން ވަނީ އެކަމަށް އުފާ ފާޅުކޮށްފައެވެ. މިއީ އެމެރިކާގެ މުސްކުޅި ސިޔާސީ ލީޑަރުންނަށް އެމީހުންގެ ވަގުތު މިހާރު ނިމެނީކަން އިހުސާސް ވުމެއްކަމުގައި ސިޔާސީ ފރާތްތަކުން ދެކެއެވެ.
ޕެލޯސީ މިކަން އިއުލާން ކުރެއްވީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ލިޔުއްވަނީ "ޝުކުރުވެރި ހިތަކާއެކު، ތިޔަބޭފުޅުންގެ ފަޚުރުވެރި މަންދޫބެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ އެންމެ ފަހު އަހަރު ނިންމާލުމަށް އަޅުގަނޑު އިންތިޒާރު ކުރަމެވެ."
ނެންސީ ޕެލޯސީއަކީ ކެލިފޯނިއާގެ 11 ވަނަ ކޮންގްރެސް ޑިސްޓްރިކްޓް ތަމްސީލު ކުރެއްވުމަށް 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އަންހެން ލީޑަރެކެވެ.
މުހައްލިލުން ބުނާ ގޮތުގައި ޕެލޯސީ ވަކިވުމުން ޑިމޮކްރެޓިކް ޕާޓިއަށް އާ ބާބެއް ހުޅުވިގެންދާނެ އެވެ. އަދި އެ ޕާޓީގެ ލީޑަޝިޕަށް މިހާރު ޒުވާން ޖީލުތަކެއްގެ ލީޑާޝިޕެއް ލިބިފައިވާ ކަމަށް ބުނެއެވެ.
ޕެލޯސީ ވަކިވުމުން ޑިމޮކްރެޓިކް ޕާޓީގެ ވަރުގަދަ ދާއިރާއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ބެލެވުނު ސެން ފްރެންސިސްކޯގެ ގޮނޑިއަށް ގިނަ ބަޔަކު ވާދަ ކުރާނެ ކަމަށް ބެލެވެއެވެ.





