އިންޑިއާއަކީ އެމެރިކާއަށް މުހިންމު ގައުމެއް ކަމަށް ޓްރަމްޕް ދެކޭ

އިންޑިއާއާ ގުޅުން ބަދަހި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވައުދުވެވަޑައިގަންނަވާ ކަމަށް ވައިޓް ހައުސް އިން  ބުނެއެވެ. ވައިޓްހައުސްގެ ތަރުޖަމާން ވިދާޅުވަނީ ދެގައުމުގެ ގުޅުމާ މެދު "ވަރަށް ވަރުގަދަ އިހުސާސެއް" ޓްރަމްޕް ކުރައްވާ ކަމަށާއި އިންޑިއާއަކީ އޭޝިއާގައި އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ކަމަށް ދެކޭ ކަމަށެވެ.

ވައިޓް ހައުސްގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި ދިފާއީ ދާއިރާގެ ގުޅުމުން ފެށިގެން ޓެކްނޮލޮޖީ އާއި ވިޔަފާރިއާ ހަމައަށް އިންޑިއާ އަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެއެވެ. "ރައީސް މި ގުޅުމުގެ އަގު ވަޒަން ކުރައްވާ، އަދި ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ކުރިއެރުމަށް އެއީ މުހިންމު ގުޅުމެއް ކަމަށް ދެކެވަޑައިގަންނަވާ،" ވައިޓްހައުސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!