ދުނިޔޭގެ ތާރީޚުގައި ގާރޫނުގެ މަގާމަށް ފުރަތަމަފަހަރަށް އެލޮން މަސްކު

ޓެސްލާ ކުންފުނީގެ ބާނީ އެލޮން މަސްކު ވަނީ އިންސާނީ ތާރީޚުގައި އެއް ޓްރިލިއަން ޑޮލަރުގެ މުއްސަދިކަން އަމިއްލަ ކޮށްފައިވާ ފުރަތަމަ ގާރޫނު ކަމަށްވާން ކައިރިވެފައެވެ.

އޭނާއަށް އިތުރު މުއްސަނދިކަން ލިބެނީ ޓެސްލާގެ ހިއްސާދާރުން އޭނާ މަގާމުގައި ބަހައްޓައި އޭނާއަށް ޚާއސަ އިނާޔަތްތަކާއި ޕެކޭޖެއް ދޭން އެއްބަސްވާނަމައެވެ.  މިއީ ޓެސްލާގެ މާކެޓް ކެޕިޓަލައިޒޭޝަން އާއި އޮޕަރޭޝަނަލް މައިލްސްޓޯންތަކާ ގުޅިފައިވާ ވިޔަފާރި ރަނގަޅު ވުމާ ގުޅުވާފައިވާ ޕެކޭޖެކެވެ.

އެކުންފުނިން މަސްކަށް މި ޕެކޭޖު ފާސްކޮށްފިނަމަ، މަސްކަށް އެތައް ބިލިއަން ހިއްސާއެއް ލިބޭ ގޮތް ވެގެން ދާނެއެވެ.

ސަޕޯޓަރުން ބުނާ ގޮތުގައި މަސްކްގެ ލީޑަޝިޕުން ޓެސްލާ ވަނީ އިލެކްޓްރިކް ވެހިކަލްތަކާއި ހަކަތަ އިނޮވޭޝަންގެ ދާއިރާއިން ދުނިޔޭގެ ލީޑަރަކަށް ބަދަލުވެފައެވެ، އެހެންވެ އޭނާއަށް އެޕެކޭޖު ދޭން ޖެހެއެވެ. ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެނީ މި ޕެކޭޖަކީ މާ ބޮޑު ޕެކޭޖެއް ކަމަށާއި މާ ގިނަ މުއްސަނދިކަމާއި ބާރު އެއް އިދާރީ ވެރިއެއްގެ އަތުގައި ޖަމާވުމުގެ ނުރައްކާ އޮތް ކަމަށެވެ.

ހިއްސާ ކުރައްވާ!