އޮރިޔާން ފިލްމު ކުޅޭ ޑެނިއެލް ސްޓޯމްއާއެކު ޖިންސީ ގުޅުން ހިންގުމަށް ފަހު އެކަން ސިއްރުކުރުމަށް އޭނާއަށް ރިޝްވަތު ދިން މައްސަލަ ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާތީ އެކަމާ ކަން ބޮޑުވެގެން އެމައްސަލަ އިސްތިއުނާފު ކުރުމަށް އޭނާ ހުށަހެޅުމުން ކޯޓުން އޭނާއަށް ފުރުސަތު ދީފިއެވެ. ޓްރަމްޕަކީ އެމެިރކާގެ ތާރީޚުގައި ޖިނާއީ ކުށްސާބިތުވެފައިވާ ހަމައެކަނި ރައީސެވެ!
ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހު 34 ޖަރީމާއެއްގެ ދައުވާއިންނެވެ. ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، 2016 ވަނަ އަހަރުގެ ކެމްޕޭންގެ ތެރޭގައި ޖިންސީ ގުޅުން ހިންގައި އެކަން އޮއްބަން ޑެނިއަލް ސްޓޯމީއަށް ފައިސާ ދިނުމުގެ އިންތިޒާމް ޓްރަމްޕް ހަމަޖެއްސިއެވެ.
މި އިސްތިއުނާފު ކޯޓުގެ ނިންމުމަކީ ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ އަންހެނުން ރޭޕްކުރިކަމުގެ ހުކުމް ބާތިލުކުރުމެއް ނޫނެވެ. ނަމަވެސް، އައު ފުރުސަތުގައި ބަލާނީ ޝަރީޢަތުގައި ބޭނުންކުރި ހެކިތަކުގެ ތެރޭގައި ޓްރަމްޕް ރައީސެއްގެ ހައިސިއްޔަތުން ކޮށްފައިވާ ރަސްމީ ކަންކަމާ ގުޅުން ހުރި ހެކިތައް ހިމަނާފައިވޭތޯއެވެ. ޓްރަމްޕް ގަބޫލުކުރާ ގޮތުގައި ރައީސަކަށް ހުރެގެން ކުށަ ކުށެއްގެ އަދަބެއް ނުދެވޭނެއެވެ! ޓްރަމްޕްގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި، ރައީސުންނަށް ލިބޭ އިމްޔުނިޓީއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ މުހިންމު ނިންމުމުގެ ސަބަބުން، އަމިއްލަ ކަންކަމާ ގުޅޭ މައްސަލަތަކުގައި ވެސް ރަސްމީ މަސްއޫލިއްޔަތުތަކާ ގުޅުން ހުރި ހެކިތައް ހުށަހެޅިގެން ނުވާނެއެވެ.
މެންހެޓަން ޑިސްޓްރިކްޓް އެޓާނީ އަލްވިން ބްރެގް ވިދާޅުވަނީ ރޭޕް ކުރުމަށްފަހު މީހަކަށް އެކަން ސިއްރުކުރަން ފައިސާ ދިނުމުގެ ސްކީމަކީ ޓްރަމްޕްގެ ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ގުޅުމެއް ނެތް އަމިއްލަ ކަމެއް ކަމަށެވެ.





