އެމެރިކާ ސަރުކާރުގައި ތަޅު އަޅުވާފައި ވުމުގެ ސަބަބުން ރައްޔިތުން ބިކަވެ، ނިކަމެތި ވާން ފަށައިފިއެވެ. ސަރުކާރު ބަންދު ކުރި ފަހުން ވަޒީފާ ނެތް މީހުންގެ ނސިްބަތް 5 ޕަސެންޓަށް އިތުރު ވެފައި ވެއެވެ.
ހިލޭ ކާންދޭ ތަންތާނގައި މީހުން ކާނާ ހޯދަން ސަފު އެތުރިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
މައިންދާބޯޓު ދަތުރުތަކަށް ހުރަސް އެޅި ބައެއް ދަތުރުތައްވެސް ކެންސަލް ކޮށްފައި ވެއެވެ. ސަރުކާރުން ބައެއް މީހުން ދޫކޮށްލާފައި ވަނީ ސަރުކާރު ބަންދު މުއްދަތުގައި މުސާރަ ނުލިބޭ ގޮތަށެވެ.
މިއިން އެއްވެސް ކަމަކުން އެމެރިކާގެ މުއްސަނދިންނަށް ގެއްލުމެއް ނެތެވެ. އެމެރިކާގެ ސަރުުކާރު ކޮންޓްރޯލު ކުރަނީ މުއްސަނދިންނެވެ.






