ކޮޕް30ގައި ޗައިނާއިން ދެއްކި ކަންކަމާއި ހަގީގަތް

ބްރެޒިލްގެ ބެލެމްގައި ބޭއްވި ކޮޕް30 ކްލައިމެޓް ސަމިޓްގައި، ޗައިނާއިން ވަނީ އައު ހަކަތައިގެ ދާއިރާގައި ދުނިޔޭގެ އެންމެ އިސް އެއް ޤައުމުގެ ގޮތުގައި ދައްކާފައެވެ. ނަމަވެސް، ޗައިނާގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ވާހަކަތަކުގައި ޗައިނާ އިން ދައްކާ ވާހަކަތަކާއި އަމަލުތަކާ ދިމާ ނުވާކަމަށް ބުނެ ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ޗައިނައަކީ، 2015 ވަނަ އަހަރުގެ ޕެރިސް މުއާހަދާގެ ދަށުން ތިމާވެއށި ސަލާމަތް ކުރުމަށް އާދަޔާ ޚިލާފަށް ވައުދުވެފައިޥާ ގައުމެއް ނޫނެވެ. ނަމަވެސް ޗައިނާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އ.ދ. ގައި 2035 ވަނަ އަހަރާ ހަމައަށް ގްރީންހައުސް ގޭސް ބޭރުކުރުން 7 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރާނެ ކަމަށް ވައުދުވެފައެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޗައިނާގެ ސިޔާސަތަށް އައިސްފައިވާ މުހިންމު ބަދަލެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ޗައިނާއަކީ އާ ހަކަތައިގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އެގޮތުން، ދުނިޔޭގެ ސޯލާ ޕެނަލް މާކެޓްގެ 80 އިންސައްތަ ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ. މިކަމުގެ ސަބަބުން ފާއިތުވި 15 އަހަރުގެ ތެރޭގައި ސޯލާ ޕެނަލްގެ އަގު ހަތަރު ގުނައަށް ވަނީ ދަށްވެފައެވެ. އަދި އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގައި ވިއްކާ އާ ކާރުގެ 52 އިންސައްތައަކީ އިލެކްޓްރިކް ނުވަތަ ހައިބްރިޑް ކާރުތަކެވެ. މިއީ މީގެ އެއް އަހަރު ކުރިން މި ބާވަތުގެ އުޅަނދުތައް ހުރި މިންވަރަށް ވުރެން 20 އިންސައްތަ ބޮޑު ކުރިއެރުމެކެވެ.

ތިމާވެށްޓާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާއިން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތަކުގެ މައިގަނޑު ބޭނުމަކީ އިކޮނޮމިކް، ޖިއޯސްޓްރެޓީޖިކް އަދި ޑިޕްލޮމެޓިކް މަޤްޞަދުތަކެއް ހާސިލުކުރުމެވެ. މީގެ ތެރޭގައި އެކްސްޕޯޓްގެ ދާއިރާ ރައްކާތެރިކުރުމާއި، ތެލަށް ބަރޯސާވުން ކުޑަކުރުމާއި، ދުނިޔޭގެ ތިމާވެށީގެ މިންގަނޑުތައް ކަނޑައެޅުމާއި، އަދި ދުނިޔޭގެ ދެކުނުގެ ޤައުމުތަކުގައި ސޮފްޓް ޕަވަރ އިތުރުކުރުން ހިމެނެއެވެ. އަދި މިކަންކަމުގެ ސަބަބުން ޗައިނާގެ ސަމާލުކަން ހުރީ އިޖުތިމާޢީ އަދި ތިމާވެށީގެ އެއްބައިވަންތަކަމުގެ މަސައްކަތަށް ވުރެން ބޮޑަށް ޗައިނާއަށް މިދާއިރާގައި އިސްމަގާމެއް ހޯދާށެވެ.

ޗައިނާގެ ދައުރު ކޮޕް30 ގައި ބޮޑު ވެގެން ދިޔައީ، އެމެރިކާއިން ކޮޕްގައި ބައިވެރިނުވުމުގެ ސަބަބުންނެވެ. ނަމަވެސް، ޗައިނާއަކީ އަދިވެސް ދުނިޔޭގައި އެންމެ ގިނައިން ވިހަ ގެސް ބޭރުކޯށް ތިމާވެށި ތަޣައްޔަރުކުރާ ޤައުމެވެ. މި އިން ދައްކައިދެނީ ޗައިނާގެ ތިމާވެއްޓާ ގުޅޭ ޝައުޤުވެރިކަމަކީ މިޕްލެނެޓް ދެމެހެއްޓުމަށްވުރެ ބޮޑަށް ފައިދާއާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!