މި ފަރާތްތަކަށް ހައްޖު ކުރުމަށް ފުރުސަތެއް ނުދެވޭނެ ކަމަށް ބުނެފި

ގައިން ގަޔަށް އަރާ ބައްޔާއި، ސިއްހީ ގޮތުން ޚާއްސަ ހާލަތްތަކެއް ހުންނަ ހައްޖުވެރިންނަށް އަންނަ އަހަރު ހައްޖު ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. ސައޫދީ ރެލިޖަސް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްގައި އެކަން އިއުލާން ކޮށްފައި ވެއެވެ.

ހައްޅުގެ އަޅުކަން އަދާ ކުރުމަށް ހުއްދަ ނުދެވޭނެ ހާލަތްތައް ބަޔާން ކުރަމުން ސައުދީ ހެލްތު މިނިސްޓްރީއާ ހަވާލާދީ ނެރެފައިވާ ނޯޓިސްގައި ވަނީ ޑަޔަލިސިސް ހަދަން ޖެހޭ ކިޑްނީގެ ބަލިތަކުގެ ހާލަތްތަކާއި މެދުނުކެނޑި އޮކްސިޖަން ބޭނުންވާ ހާލަތްތަކާއި ފުއްޕާމޭގެ ބައްޔާއި ފުރަމޭ ގެ ބަލީގެ ހާލަތްތައް ލިސްޓު ކޮށްފައެވެ.

އޭގެ އިތުރުން ހަނދާނަށް އަސަރުކުރާ ނިއުރޯލޮޖިކަލް ނުވަތަ ކޮގްނިޓިވް ޑިސްއޯޑަރސް އަދި ޑިމެންޝިއާ އަދި ޖިސްމާނީ ގޮތުން ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތްތައް ވެސް މި ލިސްޓުގައި ހިމެނިފައި ވެއެވެ.

މީގެ އިތުރުން އަލްޒައިމާ ޖެހިފައިވާ މީހުންނާއި ތުރުތުރު އަޅާ ބަލި ހުންނަ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ވިހަން ތައްޔާރު ވެފައިވާ މާބަނޑު އަންހެނުންވެ މީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!