ދުބާއީ އެއަރ ޝޯ 2025 ގައި އިންޑިއާގެ ވައިގެ ސިފައިން އުފައްދާފައިވާ ލައިޓް ކޮމްބެޓް އެއަރކްރާފްޓް (އެލް.ސީ.އޭ) ތޭޖަސް ދައްކާލައިފިއެވެ. ތޭޖާސް އަކީ އިންޑިއާއިން އަމއިްލައަށް އުފައްދާފައިވާ ހަނގުރާމަ މަތީ މަތިންދާ ބޯޓެކެވެ. މި އެއާ ޝޯގައި ތޭޖާސްއަށް ބޭރުގެ ގައުމުތަކުން ބޮޑު ޝައުގުވެރިކަމެއް ދައްކާފައި ވެއެވެ.
ޓެޖާސް އިން މި މައުރަޒްގައި ސަމާލުކަން ދަމައި ގަތީ، ލޫޕްސް، ބެރެލް ރޯލްސް، އަދި ވަރޓިކަލް ޗާލީ ފަދަ ކޮމްޕްލެކްސް އެރޮބެޓިކް މެނިއުވަރސް ދައްކައިގެންނެވެ. ތޭޖާސްގެ ލުއި ހަރަކާތްތަކާއި 4.5 ޖެނެރޭޝަންގެ ކެޕޭސިޓީން ބެލުންތެރިން ހައިރާން ކޮށްލާފައި ވެއެވެ.
ޑިފެންސް މާހިރުންނާއި ޒިޔާރަތްކުރި ފަރާތްތަކުން ވަނީ ތޭޖާސްއަކީ މި ޝޯގެ އުސްއަލީގެ ގޮތުގައި ފާހަގަ ކޮށް މި އުފެއްދުމަށް ތައުރީފުކޮށްފައެވެ. މިއީ، މޭކް އިން އިންޑިއާގެ އިސްނެގުމުގައި އިންޑިއާގެ އެއަރޮސްޕޭސްގެ ކުރިއެރުމާއި އަމިއްލަ ނަފްސަށް ބަރޯސާވުން ދައްކާލާފައިވާ އުފެއްދުމެކެވެ.
ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް އެޗްއޭއެލް އިން ޓެޖާސް އެމްކޭ2 މަރުކާގެ ސްޓޭޓިކް ޑިސްޕްލޭ އަށް ޒިޔާރަތް ކުރި ވަފުދުތަކާއި ސިނާއީ ލީޑަރުން ގެ ޝައުގުވެރިކަން ދައްކާފައި ވެއެވެ. މިއީ އިންޑިއާގެ އަންނަ ޖީލުގެ ފައިޓާ ޕްރޮގްރާމާ މެދު ބައިނަލްއަގްވާމީ ޝައުގުވެރިކަން ބޮޑުވަމުން އަންނަ ކަމުގެ އިޝާރާތެކެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ނާއިބް އެއަރ މާރޝަލް ނަރްމްދޭޝްވަރ ތިވާރީ ވިދާޅުވީ، ތޭޖަސް މަތިންދާބޯޓާއި، ސޫރިޔާ ކިރަން އެއަރޮބެޓިކް ޓީމް މި ޝޯގައި ބައިވެރިކޮށްފައި ވަނީ ޔޫ.އޭ.އީގެ ކަމާބެހޭ ފަރާތްތަކުގެ އެދުމުގެ މަތިންނެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ދިފާޢީ ދާއިރާގެ ރޮނގުން އޮތް ގުޅުން ހަރުދަނާވަމުންދާކަން ހާމަވެގެން ދާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ދުބާއީގެ އަލް މަކްތޫމް އެއަރޕޯޓް މަތިން ތޭޖަސްއިން ދުން ބޭރުކުރާ ނިޒާމް ބޭނުންކޮށްގެން ވައިގެ ތެރޭގައި ހުނަރުވެރި ހަރަކާތްތައް ދައްކާލިއެވެ. މި ހަރަކާތްތަކުން ބައިނަލްއަޤްވާމީ ވަފުދުތަކާއި ޒިޔާރަތްކުރި ފަރާތްތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާކަން ތިވާރީ ފާހަގަކުރެއްވިއެވެ.
އިންޑިއާއިން ތޭޖަސް ފައިޓާ ޖެޓްގެ 200 ބޯޓު ބޭނުންކުރުމަށް ރާވާފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެއީ މި ބޯޓު ގެންގުޅުމުގެ ފަސޭހަކަމާއި މުޅި ދުނިޔޭގެ އެކި ގައުމުތަކަށް ތޭޖާސްއަކީ އިތުބާރު ކުރެވޭނެ ބޯޓެއްކަން އަންގައިދޭ ވަރުގަދަ މެސެޖެއް ކަމަށެވެ.
މި ޝޯގައި އިންޑިއާ ބައިވެރިވުމަކީ، އިންޑިއާގެ ދިފާޢީ ދާއިރާ ފުޅާވަމުންދާކަން ސާބިތުކޮށްދޭ ކަމެކެވެ. ތޭޖަސް އަކީ ކުޑަ ޚަރަދުގައި، އަދި އާ ޒަމާނުގެ ހަނގުރާމަ އަށް ބޭނުންވާ މަތިންދާބޯޓެކެވެ،. އަދި މިއީ ގައުމުތަކަށް ވަރަށް ރަނގަޅު އަދި ފަސޭހަ ބަދަލަކަށް ވާނެ ކަމެއް ކަމުަގއިވެސް އޭނާ ފާހަގަ ކުރެއްވިއެވެ.







