ދަރްމެންދްރާ އިސްލާމްވީ ކީއްވެ؟

ދަރްމެންދްރާ އިސްލާމްވީ ނަމެއްގައެވެ. އޭނާއަކީ، ޕަންޖާބަށް އުފަން ސިކު އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބައްޕަ ކެވަލް ކިޝާން ސިންގް ޑިއޯލް އަކީ ސަރުކާރު ސްކޫލެއްގެ ޓީޗަރެކެވެ.

ދަރްމެންދްރާ ސިންގ ޑިއޯލް ހެމާމާލިނީ އާއެކު އެތައް ފިލްމެއް ކުޅުމަށްފަހު އޭނާއާ ކައިވެނި ކުރަން ބޭނުންވިއެވެ. އޭނާގެ ފުރަތަމަ ކައިވެންޏަކީ 1950ގެ މެދު ތެރޭގައި ޕްރަކާޝް ކައުރު ނަކަށް ކިޔާ އަންހެނަކާ ކުރި ކައިވެންޏެވެ.

އެ ކައިވެންޏަށް އޭނާއަށް ހަތަރު ކުދިން ލިބުނެވެ. އެއީ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އާއި އަންހެން ކުދިންކަމަށްވާ ވިޖީތާ އާއި އަޖީތާ އެވެ. ދަރޭ މަރުވިއިރުވެސް ހުރީ މި ކައިވެނި މަތީގައެވެ.

ދެވަނަ ކައިވެނި ކޮށްފައި ވަނީ 1980 ގައެވެ. 1955 ގައި ފާސްކޮށްފައިވާ ހިންދީންގެ ކައިވެންޏާ ބެހޭ ގާނުނުގެ ދަށުން އެކަކަށް ވުރން ގިނަ މީހުންނާ ކައިވެނިކުރާން ހިންދީންނަށް ހުއްދައެއް ނޯވެއެވެ. އެހެންވެ، ހެމާމާލިނީއާ ކައިވެނި ކުރުމަށް ދަރޭ ދީން ބަދަލުކޮށްގެން ދެ އަންބަށް އިނީއެވެ.

ހެމާ މާލިނީވެސް ދަރޭއާއެކު އިސްލާމްވިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިމީހުން އިސްލާމްވީ މުމްބާއީގެ ބަންދްރާގެ މިސްކިތެއް ކަމަށްވާ އިޤްރާ މަންޒިލްގަގައެވެ.

އިސްލާމް ވިކަމަށް ބުނެ މިމީހުން ނަންވެސް ބަދަލު ކުރިއެވެ. ދަރޭގެ ނަން ބަދަލު ކުރީ ދިލަވާރު ޚާން ކެވަލް ކިޝެންއަށެވެ. ބައެއް ރިޕޯޓްތަކުގައި ބުނަނީ ދިލާވާރު ޚާން ޑިއޯލްއަށް ނަން ބަދަލު ކުރި ކަމަށެވެ. ހެމާ މާލިނީ ނަން ބަދަލު ކުރީ އައިޝާ ބީ އާރް ޗަކްރަވަތީ އަށެވެ. މިމީހުން މުސްލިމުންގެ އަޅުކަމެއްގައި ބައިވެރިވި ކަމެއް އެނގޭކަށެއް ނެތެވެ.

ދަރްމެންދްރާ އަންދާލާފައި ވަނީ ޖުހޫގެ ޕަވަން ހާންސް ކްރެމެޓޮރިއަމް ގައެވެ.

ހިއްސާ ކުރައްވާ!