ޒެލެންސްކީގެ ޗީފް އޮފް ސްޓާފްގެ ރަން ފާޚާނާ ތަށި

ޔުކްރެއިންގެ ޖޯކަރު ރައީސް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް މަގާމުން އިސްތިއުފާ ދީފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައި ވަނީ ހަކަތައިގެ ދާއިރާއިގައި އޭނާ ބައިވެރިވެގެން ހިންގާފައިވާ ކޮރަޕްޝަނަކުން 100 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށާއި އޭނާގެ ގޭގައި ރަނުން ހަދާފައިވާ ފާޚާާނާ ތަށި ގެންގުޅޭ ކަމަށް ބުނެ ކޮށްފައިވާ ޝަކުވާއަކާ ގުޅިގެން ރެއިޑެއްް ޖެހުމުންނެވެ.

ޔުކްރެއިންގެ އެންޓި ކޮރަޕްޝަން އިދާރާއިން ވަނީ ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އެންޑްރީ ޔެރްމާކްގެ ގެއަށް ރެއިޑްކޮށް ފައެވެ. އެފަރާތުން ބެލި ބެލުމުގައި ހަގީގަތުގައިވެސް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް ބޭނުން ކުރީ ރަން ފާޚާނާ ތަށްޓެކެވެ.

އިންވެސްޓިގޭޓަރުން އޭނާގެ ގެއަށް ވަދެގަތްތާ ގަޑިއެއްހާއިރު ފަހުން ޒެލެންސްކީގެ ބާރުގަދަ ޗީފް އޮފް ސްޓާފް ވަނީ އިސްތިއުފާ ދީފައެވެ.

ޔުކްރެއިންގެ ރައީސާ ގާތް ފަރާތްތަކުގެ ކޮރަޕްޝަން މައްސަލަތައް ދަނީ ބަލަމުންނެވެ. މީގެ ކުރިންވެސް އެތައް މަސްއޫލުވެރިންނެއް ވަނީ އިސްތިއުފާ ދީފައެވެ. ޔުކްރެއިން ސަރުކާރުގެ ހުރިހައި ފަންތިއެއްގައި ކޮރަޕްޝަން އާންމު ކަމަށް ބުނެއެވެ. އެގޮތުން ސިފައިންނަށް އެތައް ގުނައަށް އަގު ބޮޑު ކާނާ ގަންނަ ކަމަށާއި އެމެރިކާއާއި ޔޫރަޕުން ދޭ ހަތިޔާރު ކަޅު ބާޒާރުގައި ވިއްކާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!