ލުބުނާންގެ ވެރިރަށަށް އިޒްރޭލުން ހަމަލަ ދިނުމަށް ބޭނުން ކުރި އެމެރިކާއިން އުފައްދާފައިވާ ކުރިއަރާފައިވާ ގެއްލުން ބޮޑު ބޮމެއް ގޮވާފައި ނުވާތީ، އެ ބޮން އަނބުރައި ދިނުމަށް ލުބުނާނަށް އެމެރިކާއިން ފިއްތަން ފަށައިފިއެވެ. އެމެރިކާއިން ބުނެފައި ވަނީ މިފަހަރު އިޒްރޭލުން މި ބޮން އެޅުމުން ގޮވާފައި ނުވިނަމަވެސް ދެ ބޮން އަޅާ އިރެއްގައި މި ބޮން ޔަގީނުންވެސް ގޮވާނެ ކަމަށާއި އެހެންވެ މިފަހަރު މި ބޮން އަނބުރައި ދިނުމަށެވެ.
ޔަހޫދީން އަޅާފައިވާ މި ބޮމަކީ، ޖީބީޔޫ-39ބީ ސްމޯލް ޑައިމަޓަރ ބޮމް (އެސްޑީބީ) ނަމަކަށް ކިޔާ ބޮމެކެވެ.
ޚަބަރުތަކުގައި ބުނާ ގޮތުން ހިޒުބުﷲ ޖަމާއަތުން ވަނީ މި ބޮން ހޯދައިގެން އޭގެ ތަހުލީލެއް ހަދާފައެވެ. އަދި އެހެން ބައެއް ޚަބަރުތަކުގައި ބުނެފައި ވަނީ ޗައިނާއާއެކު މި ޓެކްނޮލޮޖީ ހިޒުބުން ހިއްސާ ކޮށްފައިވާ ކަމަށެވެ. މާނައަކީ މިއީ ޔަހޫދީންނާއި އެމެރިކާއިން ބިރުގަންނަ ވަރުގެ ކަމެކެވެ.
މި ބޮމަކީ، މިސައިލެއް ފަދައިން އުދުހިގެންދާ ގޮތަށް ފިޔަގަނޑު ލައިފައި ހުންނަ ޒާތުގެ ބޮމެކެވެ. މި ސޮރު 70 މޭލަށް ދަތުރު ކުރެއެވެ.
މިއީ ޖެނޮސައިޑް ފޯސްއިން ޣައްޒާއާއި ލުބުނާންގައި އުފަލާއެކު ބޭނުންކުރާ ވައްތަރުގެ ހަތިޔާރެކެވެ. ޖެނޮސައިޑް ހިންގުމަށް މި ހަތިޔާރު އުފައްދައި ސަޕްލައި ކޮށްދީފައި ވަނީ އެމެރިކާއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީ ޖެނޮސައިޑް ފޯސްއިން އިން ހިންގި ޖެނޮސައިޑްގައި މި ވައްތަރުގެ 10 ހާސް ބޮން ބޭނުންކޮށްފައެވެ.
ޖެނޮސައިޑް ސަރުކާރުން ދެކެނީ މި ބޮން އަނބުރައި އެމެރިކާއަށް ނުލިބިއްޖެނަމަ ކުރިމަގުގައި މީގެ ޑުޕްލްކޭޓްތައް އޮހެން ފަށާނީ ތެލްއަވީވަށް ކަމަށެވެ.






