ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސީސީއޯއިން އުފެއްދި ސްކޫލު

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސީސީއޯއިން އުފެއްދި އިންޑިއާގެ ސްކޫލަކީ، ހައިދަރުއާބާދު ޕަބްލިކް ސްކޫލް (އެޗް.ޕީ.އެސް) އެވެ. އެސްކޫލުގެ ކުރީގެ ދަރިވަރުންގެ ތެރޭގައި މައިކްރޮސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެލާ އާއި އެޑޯބްގެ ސީއީއޯ ޝަންތަނޫ ނަރަޔާން އާއި ޕްރޮކްޓަރ އެންޑް ގޭމްބަލްގެ ސީއޯއޯ ޝައިލޭޝް ޖެޖުރިކާރާއި ކޮބްރާ ބިއާގެ ބާނީ ކަރަން ބިލިމޯރިއާ އަދި ވޯލްޑް ބޭންކުގެ ކުރީގެ ރައީސް އަޖޭ ބަންގާ ހިމެނެ އެވެ.

މިސްކޫލަކީ ހައިދަރުއާބާދުގެ އެންމެ މަތީ ފަންތީގެ އައިލާތަކުގެ ކުދިންނަށް ކިޔަވައި ދިނުމަށް  1923 ވަނަ އަހަރު އުފެއްދި ސްކޫލެކެވެ. އެއިރު މިތަނަށް ނަން ދީފައި ވަނީ ޖާގިރްދާސް ކޮލެޖުގެ ނަމުންނެވެ. ފަހުން އިންޑިއާގެ މިނިވަންކަމަށްފަހު މި ސްކޫލްގެ ނަން ބަދަލުކުރިއެވެ. ފަހުންވެސް މއީ މިނިވަން އިންޑިއާގެ މަތީ ފަންތީގެ އާއިލާތަކަށް ސެކިއުލަރ، އިނގިރޭސި މީޑިއަމް މުއައްސަސާއެއްގެ ގޮތުގައި ކިޔަވައި ދިން ސްކޫލެވެ.

މިސްކޫލުގައި ކުދިންގެ އަޚުލާގު ބައްޓަން ކޮށް މުޖުތަމައަށް ފައްކާ ކުރުމާއި އުނގެނުމުގެ ދާއިރާއިން މޮޅު ކުރުމާއި ކުޅިވަރާއި އަދި ކޯ ކަރިކިއުލަރސް ހަރަކާތްތަކަށް ބާރުއަޅައެވެ. ދަރިވަރުންނަށް ޅެންވެރިކަމާއި ހިސާބު އިލްމާއި ބަހުސް ކުރުމާއި ބަސްމޮށުން ފަދަ ކަންކަމަށް ބާރުއަޅައެވެ.

ފަހުން މިސްކޫލު ވެގެން ދިޔައީ ދުނިޔޭގެ އެގްޒެކެޓިވުން އުފައްދައި ބައްޓަން ކުރި މަރުކަޒަށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭން 20 ކުންފުންޏެއްގެ ހިންގުމުގެ އިދާރީ ކަންކަމުގެ އެންމެ އިސް ފަރާތްތައް އުފެއްދި ސްކޫލަށެވެ. މިސްކޫލަށް ވަންނަން ފުރުސަތު ލިބެނީވެސް މޮޅެތި ކުދިންނަށެވެ.

From One Schoolyard in Hyderabad, a Quiet Conquest of Global Corner Offices

ހިއްސާ ކުރައްވާ!