އިޒްރޭލުގެ ގިނަ ބައެއްގެ ފޯނުތަކަށް އީރާނުގެ ޖާސޫސީ އިދާރާއާ ގުޅުމަށް ގޮވާލާ މެސެޖުތަކެއް ލިބެން ފަށައިފި

ފާއިތުވި އެތައް ގަޑިއިރުތަކުގެ ތެރޭގައި އިޒްރޭލުގެ ގިނަ އަދަދެއްގެ ބައެއްގެ ފޯނުތަކަށް، އީރާނުގެ ޖާސޫސީ އިދާރާއާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ އެސްއެމްއެސް ލިބެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

އިޒްރޭލުގެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ ސްކްރީންޝޮޓްތަކުން އެނގޭ ގޮތުގައި، އެ މެސެޖުތަކުގައި ބުނެފައިވަނީ "އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއިން ތިޔަބޭފުޅުންނަށް ޖާސޫސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުވަތު އަރުވަން.. މިހާރުން ފެށިގެން ތިޔަބޭފުޅުންގެ މުސްތަގުބަލު ބިނާކުރައްވާ" މިފަދައިންނެވެ.

ޔަހޫދީންނަކީ ފައިސާއަށް ބޫތުކައިފައިވާ ބަޔެއް ކަމުން މި މެސެޖުތަކަކީ ހަގީގަތުގައިވެސް އީރާނުން މީހުން ރެކްރޫޓްކޮށް ފައިސާއަށް މައުލޫމާތު ބަދަލު ކުރުމަށް ފޮނުވާ މެސެޖުތަކެކެވެ.

މިކަމުން އިޒްރޭލުގެ އެތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދިފައި ވެއެވެ. އަދި މިހާ ފަސޭހައިން އީރާނަށް ސައިބަރ ހަމަލާއެއް ހިންގޭތީވެސް ޔަހޫދީ ރެޖީމުން ވަނީ ނުތަނަވަސ ްވެފައެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ނޭޝަނަލް ސައިބަރ ޑައިރެކްޓަރޭޓުން ވަނީ އާންމުންނަށް އިންޒާރެއް ނެރެފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މިއީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށާއި، މެސެޖުތަކުގައި ހުންނަ ލިންކުތަކަށް ފިތައިގެން މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުމަށް ކުރާ ކަމެކެވެ. އެހެންކަމުން މިފަދަ މެސެޖުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އީރާނުގެ ހަންޠަލާ ގްރޫޕުން ދަނީ ޔަހޫދީ ރެޖީމަށް ސައިބާ ހަމަލަތައް ދީ މުހިންމު ޑޭޓާ ވަގަށް ނަގައި މަސްއޫލު މީހުންގެ ނަމާއި އެޑްރެސްތައް ބޭޒާރު ކުރަމުންނެވެ.

ހަންޠަލާއިން އެންމެ ފަހުން ބޭޒާރު ކުރި ލިސްޓަކީ މެދުއިރުމަތީގައި އުޅޭ އެމެރިކާގެ އެންމެ އިސް ސިފައިންގެ އޮފިސަރުންގެ ނަމާއި މަގާމާއި ހަވާލުކޮށްފައިވާ މަސައްކަތާ ބެހޭ މައުލޫމާތުގެ ލިސްޓެވެ.

މީގެ އިތުރުން، އިޒްރޭލުގެ "ހާރެޓްޒް" ނޫހުން ދާދި ފަހުން ކުރި ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، އީރާނުގެ ޖާސޫސީ އިދާރާތަކުން ވަނީ ގިނަ އަހަރުތަކެއް ވަންދެން އިޒްރޭލުގެ "އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް" ގެ ނިޒާމުތަކުގެ ތެރެއަށް ފޭދިގަނެފައެވެ. އަދި އެތަނުން އެތައް ހާސް ސިއްރު ލިޔެކިޔުންތަކާއި މެސެޖުތަކެއް ވަގަށް ނަގާފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!