މައިލޯސިޓީ: ރައްޔިތުންނަށް ދިމާވި ވިރުވެރިކަމާއެކު ކޯޓުން އެ ތަން ބަންދުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ "މައިލޯސިޓީ" ގޭގެ ދޮރާއްޓަކީ މީގެ ކުރިން އަވައްޓެރިންނަށް ބިރުވެރިކަމުގެ ނިޝާނެކެވެ. އެ ގެއިން އައިސްގޮސް އުޅޭ "މައިލޯ" ގްރޫޕުގެ އަމަލުތަކަކީ ހިތަދޫގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ސުލްހަ މަސަލަސްކަން ނަގާލި ކަމެކެވެ. ނަމަވެސް، ދިގު މުއްދަތެއްގެ ހިތްދަތިކަމަށްފަހު، އެ ގެއިން މިވަނީ ބިރުވެރިކަމުގެ ކަސްތޮޅު އެޅުވިފައެވެ.

މިދިޔަ ދުވަސްތަކުގައި އެ ގޭގެ ތެރޭގައި ހިނގަމުން ދިޔައީ ހަމައެކަނި މަސްތުވާތަކެތީގެ ވިޔަފާރިއެއް ނޫނެވެ. ކޯޓު އަމުރުތަކުން ސިފަކުރާ ގޮތުގައި، އެއީ އިންސާނީ ކަރާމާތް ގެއްލިގެންދިޔަ، ހަށިގަނޑަށް މަސްތުވާތަކެތި އިންޖެކްޓްކުރުން ފަދަ ނުރައްކާތެރި އަމަލުތައް ހިނގަމުން ދިޔަ އައްޑާއެކެވެ. އާންމު ރައްޔިތުންގެ ބިރުވެރިކަމަކީ އެ ގެއާ ގުޅިފައި އޮތް ގްރޫޕުތަކުން ހިންގާ މާރާމާރީތަކާއި، މީހުން ރަހީނުކުރުމާއި، ވައްކަމުގެ ސިލްސިލާތަކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މައިންނާއި ބަފައިންނަށް، އެމީހުންގެ ދަރިންނަށް ދިމާވެދާނެ ނުރައްކަލަކާ މެދު ހާސްނުވެ އެއްވެސް ދުވަހެއް ނުދެއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުދަ ދުވަހު ނެރުނު އަމުރަކާއެކު، އެ ގެ ބަންދުކުރަން ފުލުހުންނަށް ވަނީ އަމުރުކޮށްފައެވެ. 90 ދުވަހުގެ މުއްދަތަކަށް ކަނޑައެޅި މި ބަންދަކީ ހަމައެކަނި ގެއެއް ބަންދުކުރުމެއް ނޫނެވެ. މިއީ އެ އަވަށުގެ ރައްޔިތުންނަށް ލިބުނު ވަގުތީ ނަމަވެސް، ބޮޑު ހަމަޖެހުމެކެވެ.

މި ފިޔަވަޅު އެޅިގެން މި ދިޔައީ، މިދިޔަ ޑިސެމްބަރު މަހު އެ ގްރޫޕުގެ އިސް މީހާ ކަމަށްވާ އަލީ ނަދީމް ވަނަމުން ނަމަ މައިލޯ ނަދަމާ އާއި އޭނާގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ހިސާބުން ފެށިގެން ކުރެވުނު ގިނަ މަސައްކަތްތަކަކަށް ފަހުއެވެ. އެ ގެއަކީ މިހާރު ކުށްވެރިންނަށް އެއްވެ އުޅެވޭނެ ތަނެއް ނޫނެވެ. ކޯޓުގެ އަމުރުގައި ވަރަށް ސާފުކޮށް ބުނެފައި ވަނީ، އެ މުއްދަތުގައި އެ ގެއަށް ވަދެ ނުކުމެ އުޅުމަކީ ޖިނާއީ ކުށެއް ކަމަށެވެ.

ހިތަދޫގެ ރައްޔިތުން މިހާރު ކުރަމުންދާ ސުވާލަކީ "މިއީ ދާއިމީ ހައްލެއްބާ؟" ވައެވެ. 90 ދުވަހުގެ ބަންދަކީ އެ ތަނުގައި ހިނގަމުން އައި ނުރައްކާތެރި ސިލްސިލާއަށް ނިމުމެއް ގެނެސްދޭނެ ކަމުގެ އުއްމީދެއް ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އުއްމީދަކީ، މި ފިޔަވަޅާއެކު އެ ސަރަހައްދުގެ އަލިކަން ގަދަވެ، އަނެއްކާވެސް އެ ތަނަކީ ކުޑަކުދިންނަށް ކުޅެވޭ، ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު އުޅެވޭ ސަރަހައްދަކަށް ވެގެން ދިއުމެވެ.

ހިއްސާ ކުރައްވާ!