މިއަދު އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފާހަގަ ކުރާއިރު އެމެރިކާ ވަނީ ޔަހޫދީންގެ ލޮބީ ޖަމާއަތް ކަމަށްވާ އައިޕެކް އިން އިސްތިއުމާރުކޮށްފައެވެ. އެމެރިކާ މިހާރަކު ފުރިހަމަ ދިމިޤްރާޠީ ނިޒާމެއްގެ ދަށުން މަސައްކަތް ކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި، އެމެރިކާގައި މިހާރު ހިނގަމުންދަނީ ޑިމޮކްރެސީގެ ބަދަލުގައި "އައިޕެކްރެސީ" އެވެ. މިއީ ބޭރުގެ ޤައުމެއްގެ މަޞްލަޙަތަށް ފަހިވާނޭހެން، އެމެރިކާގެ ޤައުމީ ނިންމުންތަކަށް ނުޙައްޤު ނުފޫޒު ފޯރުވާ ކުޑަ، ޤާނޫނީ ރައްކާތެރިކަން ލިބިގެންވާ ޔަހޫދީންގެ ޖަމާޢަތަކުން ވެރިކަންކުރާ ސިޔާސީ އޮނިގަނޑެކެވެ. "އައިޕެކްރެސީ" މި ލަފުޒު ނެގީ އެމެރިކާ އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) ގެ ދައުރަށް ނިސްބަތްކޮށެވެ. އައިޕެކްއިން ދަނީ އެމެރިކާގެ އާންމު ރައްޔިތުންގެ މަސްލަހަތަށް ވުރެން ބޮޑަށް އިސްރާއީލުގެ މަޞްލަޙަތަށް އިސްކަންދޭ ގޮތަށް، އެތައް އަހަރެއް ވާންދެން އެމެރިކާގެ ސިޔާސަތުތައް ބައްޓަންކުރަމުންނެވެ.
މި މަޒްމޫނުގައިވާ މައުލުމާތަކީ އަލްޖަޒިރާއަށް އިސްލާމީ މުފައްކިރު ޑރ. ނާއިފް ބިން ނަހާރު ލިއްޔުއްވި މަޒްމޫނަކުން ނަގާފައިވާ މައުލޫމާތެވެ.

އައިޕެކްގެ ކުރިއެރުމާއި އޭގެ އޮނިގަނޑު
ޒަޔަނިސްޓުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އައިޕެކް އެންމެ ފުރަތަމަ އުފެއްދެވީ 1954 ގައި ޔަހޫދީ އެއް ކަމަށްވާ އިސާޔާ ކެނެން އެވެ. އޭގެ ފަހުން މޮރިސް އަމިޓޭ އަދި ތޯމަސް ޑައިން ފަދަ ލީޑަރުން މި ޖަމާޢަތް ފުޅާކުރެއްވިއެވެ. 1959 ގައި ނަން ބަދަލުކުރުމުގެ ކުރިން، މި ޖަމާޢަތަށް ކިޔައިއުޅުނީ "އެމެރިކަން ޒަޔަނިސްޓް ކޮމިޓީ ފޯ ޕަބްލިކް އެފެއާޒް" އެވެ.
މިއަދު އައިޕެކްގައި އެތައް މިލިއަން މެންބަރުންނެއް އެބަ ތިއްބެވެ. އޭގެ ތެރޭގައި ޔަހޫދީން ނޫން 100,000 އަށްވުރެ ގިނަ އެމެރިކާ މީހުން ހިމެނެއެވެ.
އައިޕެކްގެ ހަރަކާތްތައް އެންމެ ބޮޑަށް ވަރުގަދަވީ އިސްލާމީ ގައުމުތަކަށް ބޮން އެޅުމުގެ ސިލްސިލާއެއް ފެށި ރޮނަލްޑް ރޭގަންގެ ވެރިކަމުގައެވެ. ދިގު ދެމިގެން ދިޔަ މަރުގެ ސަކަރާތެއްގައި މަރު ނުވެ އަހަރުތައް ހެދަކުރި ރޭގަންގެ ރިޔާސީ ދައުރުގައި، 1980 ގެ އަހަރުތަކުގެ ތެރޭގައި، މި ޖަމާޢަތުގެ ހަގީގީ ނުފޫޒު އެމެރިކާގެ ސިޔާސީ މައިދާނުގައި ވަރުގަދަ ގަދަވާން ފެށިއެވެ.
ރޭގަން އަކީ އެމެރިކާގެ ވެރިކަމަށް އައި ފުރަތަމަ ކްރިސްޓިއަން ޒަޔަނިސްޓު އެވެ. ކްރިސްޓިއަން ޒަޔަނިޒަމް އަކީ، އިސްރާއީލަށް އިސްކަންދީ ތާއީދުކުރުމުގެ ފިކުރު އެމެރިކާގެ ސިޔާސީ ޡަޤާފަތުގެ ތެރެއަށް ވަރަށް ފުންކޮށް ވެއްދި ސޮލީބީ ހަރަކާތެކެވެ. ރޭގަން ވެގެން ދިޔައީ ސޮލީބީންގެ ސަހުޔޫނީ ފިކުރު ނެގެނެއްޓި މީހަކަށެވެ. އަދި އެ މުއްދަތަކީ، ޓީވީގައި ނަސްރާނީ ދީނު ފެތުރުމުގެ ހަރަކާތް ވަރުގަދައަށް ފެތުރިގެން ދިޔަ ޒަމާނެވެ.
އައިޕެކްއިން ބުނާ ގޮތުގައި އެ ޖަމާޢަތުގެ މަސައްކަތަކީ، އިސްރާއީލަށް އެމެރިކާގެ ދެ ސިޔާސީ ޕާޓީ ކަމަށްވާ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ކަށަވަރުކުރުމެވެ. ނަމަވެސް، އައިޕެކްއިން ހަގީގަތުގައި ކުރާ ކަމަކީ، އެމެރިކާގެ ނުވަތަ އިސްރާއީލުގެ އާންމު މަޞްލަޙަތާ ފުށުއެރި ކަމުގައިވިޔަސް، އެމެރިކާގެ ސިޔާސަތުތައް އިސްރާއީލު ސަރުކާރުން ބޭނުންވާ ގޮތަށް ބައްޓަން ކުރުމެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރު ވިދާޅުވެފައިވާ ބަހެއް ގައިވެއެވެ: "އައިޕެކްއިން މަސައްކަތްކުރަނީ ސުލްޙައަކަށް ނޫނެވެ. އެހެންނަމަވެސް އިސްރާއީލު ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އިސްރާއީލުގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށެވެ." ކާޓަރަކީ، ނަސާރާ ދީނުގެ ފައްޅިއާ ގާތް ފަރާތެކެވެ. އޭނާގެ ވެރިކަން ކުރެއްވީ ރޭގަންގެ ކުރިންނެވެ.

އައިޕެކްއިން ނުފޫޒު ފޯރުވާ ގޮތް
އައިޕެކްއިން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ހިމެނެނީ:
- އެމީހުން ބޭނުންވާ ކެންޑިޑޭޓުންނަށް އެހީތެރިވުމަށް ބާރުއަޅައި ފައިސާ ހަދިޔާކުރާ މީހުން ހޯދައި ގުޅުވައި ދިނުން.
- ސިޔަސީ ހަރަކާތްތެރި ކޮމިޓީތައް މެދުވެރިކޮށް ސީދާ ގޮތެއްގައި ސިޔާސީ ކަންކަމަށް ފައިސާ ޚަރަދުކުރުން.
- ކޮންގްރެސްގެ މުވައްޒަފުން އެމީހުން ބޭނުންވާ ފިކުރަށް ތާއިދު ކުރާ ގޮތަށް އިޒްރޭލަށް ސަޕޯޓު ކުރުމަށް ތަމްރީނުކުރުން.
- އދ. ގައި އެމެރިކާއިން ނަގާ ހުރިހާ ނިންމުންތަކަކީ އިސްރާއީލުގެ ނިންމުންތަކާ އެއްގޮތް ނިންމުންތަކެއްކަން ކަށަވަރުކުރުން.
- ރޭވުންތެރި ލޮބީއާއި މީޑިއާ ކެމްޕޭންތައް މެދުވެރިކޮށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ފިއްތުންތައް ކުރިމަތިކުރުވުން.
މި ޖަމާޢަތުގެ ސިޔާސީ ނުފޫޒުގެ ބާރުގަދަކަން ހާމަކޮށްދޭ މިސާލުތަކުގެ ތެރޭގައި، 2022 ވަނަ އަހަރު ކޮންގްރެސް މެންބަރު އެންޑީ ލެވިން ބަލިކޮށްލުމާއި، 2024 ވަނަ އަހަރު ޖަމާލް ބައުމަން ބަލިކޮށްލުމަށް އޭނާއާ ދެކޮޅަށް ކުރި ބޮޑު ޚަރަދު ހިމެނެއެވެ. އެފަހަރު އައިޕެކްއިން ވަނީ އޭނާއާ ދެކޮޅަށް ނުބައި ތަޞައްވުރު ދައްކުވައިދޭ އިޝްތިހާރު ތަކަށް އެތައް މިލިއަން ޑޮލަރެއް އޮއްސާލާފައެވެ.

އައިޕެކްގެ ބާރުގެ މައިގަނޑު ތިން އަސާސް:
-
ބޮޑު މާލީ ޤާބިލުކަން:
އައިޕެކްއިން އެމީހުންގެ ފިކުރުގެ އިޒްރޭލަށް ތާއީދުކުރާ ކަންކަމަށް އެތައް ހާސް މުއްސަނދިންނެއް ހޯދައި އެއްކުރެއެވެ. ކޮންމެ ކެންޑިޑޭޓަކަށް ގާނޫނީ ގޮތުން ވަކިން ހޭދަ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 6,600 އެމެރިކާ ޑޮލަރެވެ. އަދި ކޮންމެ ޕާޓީއަކަށް ދެވޭނީ މީހަކަށް 41,000 ޑޮލަރެވެ. އެކަމަކު ފައިސާ ހޭދަ ކުރަން ތިބޭ މީހުންގެ ނެޓްވޯކްތައް ވިލަރެސްކޮށްގެން އިންތިޚާބުތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޤާނޫނީ އިމުގެ ތެރެއިން ފޮނުވުމުގެ ކުޅަދާނަކަން އެ ޖަމާޢަތަށް ލިބިގެންވެއެވެ.
-
ޒަޔަނިސްޓުން ބޭނުންވާ ވާހަކަ ފެތުރުމުގެ ނުފޫޒު:
މި ޖަމާއަތުން މީހުންގެ ސިކުނޑި ދޮވެލުމަށް ޖަރުމަނާއި ހިޓުލަރު ހިންގި ހޮލޮކާސްޓްގެ ހަނދާންތަކާ ގުޅުވައިގެން "ދެން އިތުރަށް އެފަދަ ކަމެއް ނުވިޔަދިނުން" ފަދަ ބަސްތައް ބޭނުންކުރަނީ އިސްރާއީލަށް ޝަރުޠެއްނެތި ތާއީދުކުރުން ދިފާޢުކުރާށެވެ. ތާރީޚަށް ބަލާއިރު، އެމެރިކާގެ މީޑިއާއާއި ސިޔާސީ ދާއިރާގައި މި ވާހަކަތައް ދެކެވޭ ގޮތް ކޮންޓްރޯލްކުރީ އައިޕެކްއިންނެވެ. ނަމަވެސް، މިހާރު ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ޒަޔަނިސްޓުންގެ މިފަދަ ހޮޅ ިވާހަކަތަކަށް މިހާރު ގޮންޖެހުންތައް ކުރިމަތިވާން ފަށައިފިއެވެ.
-
ދީން ފަތުރާ ސޮލީބީންގެ ތާއީދު:
ދުނިޔޭ ގިޔާމަތް ވާން އުޅޭ ކަމަށް ނަސާރާ ވާހަތައް ފަތުރާ ދީނީ ފިކުރުތަކަށް ބިނާވެފައިވާ ސޮލީބީ ޒަޔަނިސްޓު ފިކުރުން ދެކޭގޮތުގައި އިސްރާއީލު ދެމިއޮތުމަކީ ދީނީ ގޮތުން ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި އަޤީދާއަކީ އެމެރިކާގެ ސިޔާސީވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި ފެތުރިފައިވާ އަޤީދާއެކެވެ. މިއީ އައިޕެކްއަށް ލިބިފައިވާ ވަރަށް ބާރުގަދަ ފިކުރީ މަދަދުގާރެކެވެ.
އައިޕެކް އަދި އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމުގެ ބަލިކަށިކަން
އެމެރިކާގެ ދިމިޤްރާޠީ ނިޒާމުގެ އޮނިގަނޑުގައި ބޮޑެތި އުނިކަންތަކެއް އެބަހުއްޓެވެ. އެއީ ބޭރު ޤައުމުތަކަށް ވަފާތެރި ކަމަށް ބާރުއަޅާ ޖަމާޢަތެއްގެ ފައިސާއާއި ނުފޫޒު މެދުވެރިކޮށް ޤާނޫނީ ގޮތުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތުމެވެ. އައިޕެކްއިން އެމެރިކާގެ ޑިމޮކްރެސީގެ މި ބަލިކަށި ކަމުގެ ފައިދާ ނަގައެވެ. ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ސީދާ ގޮތެއްގައި އެމެރިކާގެ ކެންޑިޑޭޓުންނަށް ފަންޑު ކުރުން މަނާ ވެގެން ވެއެވެ. ނަމަވެސް ބޭރު ގައުމުތަކުގެ މަޞްލަޙަތުތަކަށް މަސައްކަތްކުރާ އެމެރިކާގެ އެތެރޭގެ ޖަމާޢަތްތަކުން އެ ނުފޫޒު ފޯރުވުމަށް ގާނޫނު ހުއްދަ ކުރެއެވެ. ގާނޫނަށް ފައްތާފައިވާ މި ތާކުންތާކު ނުޖެހޭ އުސޫލުން ކެމްޕޭނަށް ފައިސާ ޚަރަދު ކުރާ ޤާނޫނުތަކާ ޚިލާފުނުވެ އެމެރިކާގެ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމުގެ ފުރުޞަތު އައިޕެކްއަށް ލިބެއެވެ.
ނުފޫޒު ގަދަކަމުގެ ހެކިތައް
- އިސްރާއީލަށް ފާޑުކިޔާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އައިޕެކުން މިލިއަނުން ހޭދަ ކުރެއެވެ.
- ކޮންގްރެސް މެންބަރު ތޯމަސް މަސީ ވިދާޅުވާ ގޮތުގައި، ކޮންގްރެސްގެ ކޮންމެ މެންބަރެއްގެ ކަންކަން ބަލަން "އައިޕެކް އިން އެޖެންޓަކު" ހަމަޖައްސަފާއި ހުރެއެވެ.
- އެމެރިކާއަކީ ވަރަށް ފަސޭހައިން ކޮންޓްރޯލް ކުރެވޭ ސަރުކާރެއް ކަމަށާއި، އިޒްރޭލުގެ ލޮބީން ކޮންގްރެސް ކޮންޓްރޯލްކުރާ ކަމަށް ބުނެ ނަތަންޔާހޫ އެތައް ފަހަރަކު ވާހަކަ ދައްކާފައި ވެއެވެ.
- 1979 ވަނަ އަހަރު ޕީއެލްއޯގެ މަންދޫބަކާ ބައްދަލުކުރެވުމުން ޔަހޫދީ އައިޕެކްގެ ފިއްތުންތަކާހުރެ އެމެރިކާގެ ސަފީރު އެންޑްރޫ ޔަންގްގެ މަޤާމު ގެއްލިގެން ދިޔައެވެ.
- ސީއައިއޭގެ ކުރީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޢިރާޤަށް އެމެރިކާ އަރައި ގަތުމުގެ ހުރިހަިއ ކަމެއް ވިލަރެސް ކުރީ އައިޕެކުން ބޭނުން ކުރި މަސްއޫލުވެރިންނެވެ.
އައިޕެކުން ބަސްމަގު ކޮންޓްރޯލް ކުރުން
އައިޕެކްއިން ވަނީ ޔަހޫދީންނާ ދެކޮޅުވެރިވުން ކަމަށް ބުނާ "އެންޓިސެމިޓިޒަމް" އަދި "އިސްރާއީލަށް ތާއީދުކުރުން" މި ލަފުޒުތަކުގެ މާނަ އެމީހުން ބޭނުންވާ ގޮތަށް ބަައްޓަންކޮށް މީހުންގެ ސިކުނޑި ދޮވެލާފައެވެ. އައިޕެކްއަށް ނުވަތަ އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ އެންޓިސެމިޓިކް ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.
މީގެ މިސާލަކީ، 2019 ގައި އިލްހާން ޢުމަރަށް ކުރިމަތި ކުރުވި ފާޑުކިޔުންތަކެވެ. އައިޕެކްގެ ކުރީގެ ޕޮލިޓިކަލް ޑައިރެކްޓަރ ލިޒް ޝްރޭޔަރ ވިދާޅުވެފައިވާ ގޮތުގައި، އެންޓިސެމެޓިޒަމް ފަދަ ލަފުޒުތަކާއި މާނަތަކުގެ މައްޗަށް ޔަހޫދީންގެ ކޮންޓްރޯލް ހޯދުމަކީ އެ ޖަމާޢަތަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އައިޕެކް ބަލި ކުރެވިދާނެ!
- ޣައްޒާ ހަނގުރާމައިގެ ސަބަބުން އިޒްރޭލުގެ އަމަލުތައް މުޅި ދުނިޔެއަށް ބޭޒާރުވެ ޒަޔަނިސްޓުން ދައްކާ ވާހަކަތަކުގެ ބާރު ވަނީ ކެނޑިފައެވެ. ދުނިޔޭގެ ފެންވަރުގައި މި ސަޕޯޓު ކުޑަވިއިރު އަރަބިންގެ ތެރޭން ގަލްފްގެ ގައުމުތަކުން ގިނަ ބަޔަކު ވަނީ އަރަބި ޒަޔަނިސްޓުންނަށް ބަދަލުވެ އިޒްރޭލުގެ ސަޕޯޓަރުންނަށް ވެފައެވެ.
- އިސްރާއީލަށް ފާޑުކިޔާ ކެންޑިޑޭޓުންނަށް، އެމރިކާގެ އާންމު ރައްޔިތުންގެ ތެރެއިން ފައިސާ ހޯދުމުގެ ހަރަކާތްތައް އިތުރުވެފައި ވެއެވެ.
- ޖަމާލް ބައުމަން ބަލިކުރުމަށް އައިޕެކްއިން 25 މިލިއަން ޑޮލަރު ޚަރަދުކުރި އެވެ. އަދި ފަލަސްޠީނަށް ތާއީދު ކުރާ ކޯރީ ބުޝްއާ ދެކޮޅަށް 8 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ. މިފަދަ ޚަރަދަކީ އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ޚަރަދެއް ނޫނެވެ.
އެމެރިކާއަށް 250 އަހަރު ފުރނުއިރު އެމެރިކާ އޮތީ ކަސްތަޅު އެޅުވިފައެވެ. އެމެރިކާގެ ސިޔާސީ ނިޒާމު ބޭރުފުށުން ފެންނަނީ ޑިމޮކްރެޓިކް ނިޒާމެއްގެ ގޮތުގައެވެ. ނަމަވެސް އަމަލީ ގޮތުން އައިޕެކްއިން އެ ނިޒާމު ކޮންޓްރޯލްކުރެއެވެ. ވެރި މީހައަކީ އެމީހުން ގެންގުޅޭ ބުދެކެވެ. ބޭނުޔންވީމަ ބްލެކް މެއިލްވެސް ކޮށްލެވެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންވެސް ހަމަ އެފަދައެވެ.


