ކްރިޝްނާ އަކީ މުސްލިމެއް ކަމަށާއި ނަމާދު ކުރެއްވި ކަމަށް ޔޫޕީގެ ދީނީ އިލްމުވެރިއަކު ބުނުމުން އިންޑިއާގައި ބޮޑު ބަހުސެއް

ހިންދޫންގެ ދޭވަތާއެއް ކަމަށްވާ ކްރިޝްނާ އަކީ ދުވާލަކު ފަސް ފަހަރު ނަމާދު ކުރެއްވި މުސްލިމެއް ކަމަށް މައުލާނާ ޖަރްޖިސް އަންސާރީ ބުނާ ކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އިންޑިއާގައި ބޮޑު ހަމަނުޖެހުމެއް އުފެދި، ހިންދޫ ޖަމާއަތްތަކުން އޭނާ ހައްޔަރުކުރުމަށް ގޮވާލަން ފަށައިފިއެވެ.

މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ޖާރްކާންޑްގައި ދިން ދީނީ ދަރުސެއްގެ މި ވީޑިއޯ އަލުން ފެންމަތިވެފައިވަނީ، މިހާރު ހިނގަމުންދާ ކްރިޝްނާ ޖަންމަބޫމީގެ މިލްކުވެރިކަމުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު ހިންދޫ ޖަމާއަތްތަކުން ދަނީ މުޒާހަރާކޮށް، އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

އަންސާރީ އަކީ ހިންދީންގެ ދީނީ ފޮތްތައް މުތާލިއާ ކޮށްފައިވާ އެ ފޮތްތަކަށް ފަރިތަ ދަންނަބޭކަލެކެވެ.، އަދި އޭނާގެ ދަރުސް ގައި ބަގަވަތް ގީތާގެ ބައިތައް ބޭނުންކޮށް، އަޅުކަން ކުރަންވީ "މުޅި ހަށިގަނޑުން" ކަމަށް ބުނާ ވާހަކަތަކަށް ދަލީލު ދައްކައި ކްރިޝްނާވެސް ދުވާލަކު ފަސް ފަހަރު އަޅުކަން ކުރި ކަމަށް ދައުވާ ކުރިއެވެ.

"އަހަރެމެންގެ އަޚުން ހިތްހަމަނުޖެހުން ނުއުފައްދާނެ ނަމަ ބުނަން، ކްރިޝްނާ ޖީ ވެސް ދުވާލަކު ފަސް ފަހަރު ނަމާދު ކުރެއްވި. ގަބޫލު ނުކުރެވެންޏާ ބަގަވަތް ގީތާގެ 6 ވަނަ ބާބުގެ 10 ވަނަ އާޔަތް ބައްލަވާ،" އާޔަތް ކިޔުމުގެ ކުރިން އަންސާރީ ބުންޏެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހިންދޫން އެމީހުންގެ އަމިއްލަ ދީނީ ފޮތްތައް ރަނގަޅަށް ކިޔައިފިނަމަ "އިސްލާމްދީންދެކެ ލޯބިވާން ފަށާނެއެވެ." އަދި އިސްލާމްދީނަކީ މުޅި ދުނިޔޭގެ ދީން ކަމަށާއި، އެއީ ހަމައެކަނި މުހައްމަދު ނަބީގެ ދީން ނޫން ކަމަށާއި، ރާމް އާއި ކްރިޝްނާ ވެސް ދެއްކެވީ އެ ދީން ކަމަށް އޭނާ ބުންޏެވެ.

އަންސާރީއަކީ މީގެ ކުރިންވެސް ބޮޑެތި ޚިޔާލު ތަފާތު މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެކެވެ. 2022 ވަނަ އަހަރު އޭނާގެ ވީޑިއޯއެއް ވައިރަލްވިއިރު، އޭގައި އޭނާ ބުނެފައިވަނީ މުސްލިމް އަންހެނުން އެއްވެސް ހާލަތެއްގައި ފިރިމީހާގެ ޖިންސީ އެދުންތަކަށް އިންކާރުކޮށްގެން ނުވާނެ ކަމަށެވެ

.އާމިރު ޚާން މަރާލާ މީހަކަށް 50 މިލިއަން ރުޕީސްގެ އިނާމެއް ހިންދޫ ޓެރަރިސްޓަކު ހުށަހަޅައިފި

ހިއްސާ ކުރައްވާ!