ތަސްލީމާ ނަސްރީން ކަލްކަތާއަށް އެނބުރި އަންނާތީ ސިޔާސީ މަސްރަޙު ހޫނުވެއްޖެ

ބަންގްލަދޭޝްއަށް އުފަން، އަދި އަމިއްލަ ގައުމުން އަރުވާލެވިގެން އުޅޭ ބަންގާޅޫގެ އިސްލމް ދީނާ ދެކޮޅުވެރި މަޝްހޫރު ލިޔުންތެރިޔާ ތަސްލީމާ ނަސްރީން، ގާތްގަނޑަކަށް 20 އަހަރަށްފަހު އެނބުރި އިންޑިއާގެ ކަލްކަތާއަށް ދިއުމަށް ނިންމުމާ ގުޅިގެން ހުޅަނގު ބަންގާޅުގެ ސިޔާސީ މަސްރަޙު ހޫނުވެއްޖެއެވެ.

އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ކަލްކަތާގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިސްލާމޯފޯބިއާގެ ކޮންފަރެންސެއް ކަމަށްވާ (އިސްލާމީ ހަރުކަށި ފިކުރާ ދެކޮޅު) ކަމަށް ސިފަ ކޮށްފައިވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ތަސްލީމާ އެ ރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ތަސްލީމާ ނަސްރީން ލިޔެފައިވާ ބައެއް ފޮތްތަކުގެ ސަބަބުން ދީނީ ޝުއޫރުތަކަށް އުނިކަމެއް އައި ކަމަށް ބުނެ، 2007 ވަނަ އަހަރު ކަލްކަތާގައި ހިންގި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އެ ރަށް ދޫކޮށްދާން ފިލައިގެން ދާން މަޖުބޫރުވެފައެވެ.

ތަސްލީމާގެ ދަތުރާ ގުޅިގެން ހުޅަނގު ބަންގާޅުގައި ވެރިކަންކުރާ ބީޖޭޕީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ބީޖޭޕީއަކީ މުސްލިމުންނާ ހަތުރުވެރި ޕާޓީއެކެވެ! ބީޖޭޕީގެ ލީޑަރުން ހާމަކުރި ގޮތުގައި، އެމީހުން ސިންގާސަނާގައި ތިބޭ އާ ބަންގާޅަކީ އިސްލާމީ ހަރުކަށި ފިކުރުގެ ބާރުތަކުގެ ކުރިމަތީގައި ކަކޫޖަހާނެ ތަނެއް ނޫނެވެ.

އިންޑިއާގައި މސުްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައްއ ހިންދޫން ހިންގަމުން ގެންދާއިރު އެމީހުންގެ އަމަލު ތަކަކީ ހަރުކަށި އަމަލުތަކެއ ްކަން ނުވަތަ ޓެރަރިޒަމްގެ އަމަލު ތަކެއް ކަން ނުވަތަ އިސްލާމޯފޯބިއާގެ އަމަލުތަކެއް ކަން މި ވެރިން ގިންތިއެއް ނުކުރެއެވެ. މިމީހުންގެ ދަރީފުގައި މިފަދަ ސިފަތައް ޚާއްސަ ކުރަނީ މުސްލިމުންނަަށެވެ.

ހުޅަނގު ބެންގޯލްގައި ކުރި ވެރިކަން ކުރި މިހާރުގެ އިދިކޮޅު ޓީއެމްސީ (ތުރިނަމޫލް ކޮންގްރެސް) އާއި އައިއެސްއެފް ޕާޓީން ދަނީ ތަސްލީމާއަށް މަރުޖަބާ ކިއުމަށް ހިންދޫން ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ބައްރޭ ސަޣީރުގެ މުސްލިމުން ކުފުރު ވެފައިވާ މީހެއްކަމަށް ބުނެ ތައުބާ ވުމަށް ގޮވާލާފައިވާ ނަސްރީން ކަލްކަތާއަށް އައުމަކީ މުސްލިމުންނާ ދެކޮޅަށް ފުރައްސާރަކޮށް ވާހަކަދެއްކުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށާއި، ބީޖޭޕީން މަސައްކަތް ކުރަނީ މުސްލިމުންނާ ދެކޮޅު މީހުންނަށް ހިމާޔަތްދީގެން ހަރުކަށި ހިންދޫންގެ ވޯޓު ބޭންކު އިތުރުކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ހިއްސާ ކުރައްވާ!