އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިރާނުގެ ބާރުތަކުން ވަނީ ސީރިޔާގައި ހުރި އެމެރިކާގެ ޚާއްސަ އޮޕަރޭޝަންތަކާ ބެހޭ ކޮމާންޑް ސެންޓަރަކަށް ކުއްލި ހަމަލާތަކެއް ދީފައެވެ.
އައި.އާރްޖީސީ ގެ ބަޔާނުގައި ކަށަވަރުކޮށް ދީފައިވާ ގޮތުގައި، ސީރިޔާގެ އަލްތަންފް ސަރަހައްދަށް އަމާޒުކޮށްގެން ހިންގި މި އޮޕަރޭޝަނަކީ، އިރާނުގެ އިރުދެކުނުގައިވާ އިރާންޝަހަރުގައި ޝަހީދުކޮށްލި ސިފައިންގެ މަރުގެ ބަދަލުހިފުމުގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ.
އެމެރިކާގެ ސިފައިން އިރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދަމުން، ޗާބަހާރު، ޚޫޒިސްތާން، އަދި ބަންދަރު އައްބާސްގެ ބައެއް ތަންތަނަށް ވަނީ ހަމަލާދީފައެވެ. އަދި ބަންދަރު އައްބާސް ސިޓީން އެކަނިވެސް މަދުވެގެން 5 ފާލަމެއް ވަނީ ހަލާކުކޮށްލާފައެވެ.
އެމެރިކާއިން ހަލާކުކޮށްލި ތަންތަނުގެ ތެރޭގައި ޚަމީރު ބަނދަރު ސިޓީގެ ފާލަން ހިމެނޭއިރު، އެތަނުން މަދުވެގެން 7 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މީގެ އިތުރުން، މީގެ ރައްދުގައި އިރާނުގެ ސިފައިން ވަނީ ބަހްރޭން އަދި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ އަމިއްލައަށް ގޮވާ ޑްރޯންގެ ހަމަލާތަކެއް ކާމިޔާބު ކަމާއެކު ފޮނުވާލާފައެވެ.






