އީރާންގެ ނައިބު ޚާރިޖީ ވަޒީރު: ވޮޝިންގޓަނާއެކު މަޝްވަރާކުރަން ބޭނުމެއް ނޫން

"އިސްލާމްއާބާދު އެއްބަސްވުން" ގެ ދަށުން އެމެރިކާއާއެކު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށާއި، އަދި އެގައުމާއެކު އިތުރަށް މަޝްވަރާ ބޭނުން ނުވާކަމަށް އީރާންގެ ނޫސް އެޖެންސީން ޚާރިޖީ ވަޒީރު ގެ ނާއިބް ކާޒިމް ޣަރީބު އާބާދީއާ ޙަވާލާދީ ރިޕޯޓްކޮށްފައިވއެވެ.

ޣަރީބް އާބާދީ ވިދާޅުވި ގޮތުގައި، މުޅި ހުރުމުޒު ކަނޑުއޮޅިން މައިންތައް ނެގުމުގެ ފުރިހަމަ މަސްއޫލިއްޔަތު އޮތީ އީރާނުގެ ބޮލުގައެވެ. އެކަން އީރާނުން ކުރާނެއެވެ. އަދި ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނު ނަމަވެސް، އެ ކަނޑުއޮޅީގެ މައްޗަށް އޮތް އީރާންގެ ސިޔާދަތީ ބާރު އީރާނުން ހިފަހައްޓާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި އެމެރިކާއިން ހުޅުވަން އުޅޭ ދެކުނުން ދަތުރުކުރާ މަގު  އީރާނުން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!