އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބް އަބާދީ ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ ހުރިހާ ޒިންމާތަކެއް އެ ގައުމުން ފުރިހަމަ ނުކޮށް އެއެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އޭނާ އިތުރަށް ވިދާޅުވީ، "އެމެރިކާގެ އަމަލުތަކާ ގުޅިގެން، އީރާނުން ވެސް މިހާރު ވަނީ އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަ ކުރުން ހުއްޓާލާފައި. މިވަގުތު އަޅުގަނޑުމެންގެ ހުރިހާ ސަމާލުކަމެއް ހުރީ ގައުމުގެ ދިފާއީ މަސައްކަތްތަކަށް،" ކަމަށެވެ.




