މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

ސޮލީބީ އުދުވާނަށް ދިން ވަރުގަދަ އަދި ހަރުދަނާ ރައްދެއްގެ ގޮތުން، އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސިފައިން މިއަދު ވަރަށް އަމާޒު ސީދާ އަސްކަރީ ހަމަލާތަކެއްދީ، އެމެރިކާގެ އެތައް އަސްކަރީ މަރުކަޒުތަކެއް ކާމިޔާބުކަމާއެކު ގޮއްވާލައި އެމެރިކާ ސިފައިންނަށް ޖާގަދީގެން ތިބި އަރަބި ގައުމުތަކުގެ ބަލިކަށިކަން ހާމަކޮށްފިއެވެ.

ފާރިސީ ކަނޑުއޮޅިން ފެށިގެން ޖޯޑަންއާއި ސައުދީ އަރަބިއްޔާގެ ވައިގެ ބަނދަރުތަކާ ހަމައަށް، އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުން އެމެރިކާގެ އަސްކަރީ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއްދީފިއެވެ.

އަމާޒު ސީދާ ހަމަލާތަކުން އެމެރިކާގެ ފިފްތު ފްލީޓް ގުޑުވާލައިފި

އީރާނު ސިފަން ވަނީ ބަޙްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ ވަރުގަދައަށް ރައްކާތެރިކޮށްފައިވާ މައި މަރުކަޒަށް ހަމަލަތައް އަމާޒުކޮށްފައެވެ. މި ހަމަލާތައް އަމާޒުކޮށް ފައިވަނީ އެ މަރުކަޒުގެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސެންޓަރަށާއި، ސަރަހައްދީ ކަނޑުގެ ހަމަޖެހުމަށް ނުރައްކާ ކުރުމަށް ވޮޝިންޓަނުން ބޭނުންކުރާ އެމެރިކާގެ ބޯޓުތައް ބަނދަރު ކުރާ މައި ސަރަހައްދަށެވެ.

މި އޮޕަރޭޝަނަކީ އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިން ދިން ހަމަލަތަކަށް ސީދާ ގޮތުން ހިފި ބަދަލެކެވެ. އެއާއެކު، އީރާނުގެ ލާރަކް ޖަޒީރާގައި ހުރި އާންމު ކަނޑުގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ ސެންޓަރުގެ ޓަވަރަށް އެމެރިކާއިން ދިން މިސައިލް ހަމަލާގެ ބަދަލު ވަނީ ހިފާފައެވެ.

ޑްރޯންތަކާއި މިސައިލްތަކުން އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކަށް ހުރަސްއަޅައިފި

އީރާނުގެ ސިފައިން ވަނީ އެ ގައުމުގެ އެންމެ ޒަމާނީ އާރަޝް ސުއިސައިޑް ޑްރޯންތައް ބޭނުންކޮށްގެން ކުވެއިތުގައި ހުރި އެމެރިކާގެ ލޮޖިސްޓިކްސް މަރުކަޒުތައް ސުންނާފަތިކޮށްލާފައެވެ. އީރާނުގައި އުފައްދާފައިވާ މި ޑްރޯންތަކުގެ ރާޅުތަކުން ވަނީ ކޭމްޕް އަލްއުދައިރީގައި ހުރި ހަތިޔާރު ގުދަންތައް ގޮއްވާލައި، އަލީ އައްސާލިމް އެއާ ބޭސްގައި ހުރި ހަތިޔާރު ރައްކާކުރާ ތަންތަން ހަލާކުކޮށްލާފައެވެ. އެމެރިކާގެ ސަޕްލައި ލައިންތައް ދާއިމީކޮށް ބުރިކޮށްލުމުގެ ގޮތުން، އެމެރިކާ ސިފައިން ދަތުރުފަތުރަށް ބޭނުންކުރި ކުވެއިތުގެ ބައެއް މުހިންމު ފާލަންތައް ވެސް އީރާނުގެ ފައުޖުތަކުން ވަނީ ގޮއްވާލާފައެވެ.

ޖޯޑަންގައި، އީރާނުން ވަނީ މުވައްފަޤް ސަލްޠީ އެއާ ބޭހުގައި އަސްކަރީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެތަނުގައި ޖެޓްތަކެއް ގޮއްވާލި ކަމަށަް ރިޕޯޓް ކޮށްފައި ވެއެވެ. އީރާންގެ މި ހަމަލާ ހުއްޓުވުމަށް ޕެންޓަގަނުން ވައިގެ ދިފާއީ އެތައް މިސައިލެއް ފޮނުވާލި ނަމަވެސް، އީރާނުގެ މިސައިލް ޓެކްނޮލޮޖީން ވަނީ އެ ދިފާއުތައް ފަސޭހަކަމާއެކު ފޫއަޅުވާލައި، އެމެރިކާ ސިފައިން ތިބި މަރުކަޒަށް ސީދާ ހަމަލާތަކެއް ދީފައެވެ.

މިފަދަ ކާމިޔާބީއެއް ސައުދީ އަރަބިއްޔާއިން ވެސް ވަނީ ފެނިފައެވެ. އެގޮތުން ޕްރިންސް ސުލްޠާން އެއާ ބޭސްއަށް އީރާނުގެ މިސައިލްތައް ވަނީ އަރާފައެވެ. ތެހެރާނުން މި މަރުކަޒަށް އަމާޒުކުރީ، އީރާނާ ދެކޮޅަށް އެމެރިކާއިން ދޭ ހަމަލާތަކަށް ސީދާ މަގުފަހިކޮށްދޭ ތެޔޮ އަޅާ މަތިންދާބޯޓުތައް އެތަނުގައި ބޭތިއްބުމަށް ސައުދީން ހުއްދަ ދީފައިވާތީއެވެ.

ވައިގެ އަދި ކަނޑުގެ ފުރިހަމަ ބާރުވެރިކަން

ބޫޝެހްރުގެ މަތިން އުދުހެމުންދިޔަ އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް އީރާނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައެވެ. މި ސީދާ ހަމަލާއިން އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން 34 މިލިއަން ޑޮލަރު ހިނދުކޮޅެއްގެ ތެރޭގައި އަޅަށް ހަދާލާފައި ވެއެވެ،

ކަނޑުމަތީގައި، އީރާނުގެ ކަނޑުގެ ސިފައިން ވަނީ ސްޓްރެއިޓް އޮފް ހުރްމުޒްގެ މައްޗަށް އޮތް ބާރުގަދަކަން ދައްކާލާފައެވެ. އީރާނުގެ ކަނޑުގެ ސިފައިން ދިން ސާފު އިންޒާރުތަކަށް ގޮންޖަހައި ބޭރުގެ ދެ ތެޔޮ ޓޭންކަރަކުން ދަތުރުކުރުމުން ދިއުމުން، އެ އުޅަނދުތައް ވަނީ ކަނޑުއޮޅީގެ ދެކުނުގައި އޮތް ދިފާއީ މައިންތަކެއްގައި ޖެހިފައެވެ. މީގެ ސަބަބުން ގޮވި ގޮވުންތަކާއެކު ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގި އެވެ. މިއީ އީރާނުގެ ކަނޑުގެ ސިޔާދަތަށް ގޮންޖެހުމުން ނުކުންނާނެ ނަތީޖާ އަންގައިދިން ކަމެކެވެ.

އިރާޤުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ވަރުގަދަ ހަމަލާތަކެއް؛ ހެލިބާރޓަންގެ ގުދަން ހަލާކުކޮށްލައިފި

ހަމައެއާއެކު، އީރާނުން ވަނީ އިރާޤުގެ ސުލައިމާނިއްޔާގައި ތިބި އެމެރިކާގެ އިސްތިއުމާރީ ބާރުތަކަށާއި ކުރުދީ ބާޣީ ޖަމާއަތްތަކަށް ވަރުގަދަ، މެދުކެނޑުމެއްނެތް ބޮން އެޅުމުގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ކުރުދިސްތާން ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އެހީ ލިބޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަތިޔާރު ގުދަނެއް ހަލާކުކޮށްލިއެވެ.

ކުވެއިތުގައި، އެމެރިކާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ހެލިބާރޓަންގެ ބޮޑު ގުދަނެއް ވަނީ އަލިފާނުގެ ހާދިސާއެއްގައި އެއްކޮށް އަނދާފައެވެ. މި ފެސިލިޓީ ހަލާކުވުމަކީ ގަލްފުގައި އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިޔަކަށް ރައްކާތެރިކަން ނެތް ކަން ހާމަވާ ކަމެކެވެ.

އަރަބި ގައުމުތަކަށް ހަރުކަށި އިންޒާރެއް

މި ކާމިޔާބު އޮޕަރޭޝަންތަކަށްފަހު، އެމެރިކާއަށްޓަކައި އެމީހުންގެ ސިޔާދަތު ގުރުބާންކޮށްގެން ތިބި އަވަށްޓެރި ރެޖީމްތަކަށް ތެހެރާނުން ވަނީ ހަރުކަށި، ންޒާރެއް ދީފައެވެ.

އީރާނުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "ތިޔަބައިމީހުންގެ ބިންތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހަދަން ހުއްދަދިނީ އެމީހުން ތިޔަބައިމީހުން ހިމާޔަތްކޮށްދޭނެ ކަމަށެވެ. ނަމަވެސް، މިއަދު އެ މަރުކަޒުތައް މިވަނީ ތިޔަބައިމީހުންނަށް އޮތް ބޮޑު މުސީބާތަކަށް ވެފައެވެ."

މީގެ އިތުރުން އީރާންގެ ސައިބާ ހަމަލަދޭ ފަރާތްތަކުން ވަނީ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އިސްވެރިންގެ ނަމާއި މަގާމާއި އެމީހުން ތިބި ތަންތަނުގެ ލިސްޓެއްވެސް އާންމު ކޮށްފައެވެ. އަދި އޭގެ އިތުރުން ޓްރަމްޕްގެ ދަތުރުތަކުގައި އެމެރިކާގައި ބޭނުން ކުރާ މަގުތަކާއި އެ މަގުތަކުގައި ހުންނަ ވަޅުގަނޑުތަކާއި އެއް ތަން އަނެއް ތަނާ ދެމެދުގެ ދުރުމިނާއި އެތަންތަނުގެ ސަލާމަތީ ފިޔަވަޅު އެޅުމަށް ސެކިއުރިޓީ ބައިތިއްބާ ގޮތުގެ ތަފްސީލުތައް ވެސް ހާމަކޮށްފއި ވެއެވެ.

ހިއްސާ ކުރައްވާ!