ސޮލީބީ އުދުވާނަށް ރައްދުދީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކޮށްފި

އެމެރިކާއިން އިރާނަށް ދެމުންދާ ވައިގެ ހަމަލާތަކާ ދެކޮޅަށް އިރާނުގެ ދިފާއީ ބާރުތަކުން އިސްނަގައި، ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި ހުރްމުޒް ކަނޑުއޮޅީގައި ޚާއްސަ އޮޕަރޭޝަންތަކެއް ފަށައިފިއެވެ.

އެމެރިކާއިން ޖެހިޖެހިގެން 7 ވަނަ ރެއަށް އިރާނުގެ ދެކުނުގެ މަދަނީ އުމްރާނީ ވަސީލަތްތަކަށައި ހަސްފަތާލުތަކަށާއި ފާލަންތަކާއި، އެއާޕޯޓުތަކާއި، ކަރަންޓު ވިއުގަތަކަށް އަމާޒުކޮށް ބޮންއަޅަމުންދާތީ، އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ ރައްދުގައި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުގައި ހުރި ސަރަހައްދީ އަސްކަރީ މަރުކަޒުތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައެވެ.

އިރާނުގެ އަސްކަރީ ކާމިޔާބީތަކާއި ރައްދު ހަމަލާތައް:

  • ކަނޑުގެ ސަރަހައްދު ބެލެހެއްޓުން: އިރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޝައްކުކުރެވޭ 4 އުޅަނދެއް ހުއްޓުވައި، އެ ސަރަހައްދުގައި އީރާނަށް ސިޔާދަތު އޮތްކަމުގެ ޔަގީންކަންދީ ސަލާމަތީ ކަންކަން ކަށަވަރުކޮށްފައެވެ. އަދި މައިންކޮށްފައިވާ ސަރަހައްދަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއްގައި ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

  • އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން: އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ބަހްރޭންގައި ހުންނަ އެމެރިކާގެ 'ޝެއިޚް އީސާ އެއާ ބޭސް' ގައި ހުރި ހަނގުރާމަމަތީ ބޯޓުތަކަށާއި، ބަހްރޭންގެ އިންޓެލިޖެންސް ޑޭޓާ ސެންޓަރަށް އަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ކުވޭތުގެ އަލްއަހްމަދީ ބަނދަރުގައި ހުރި އެމެރިކާގެ ނޭވީ ފިއުލް ސަޕޯޓް މަރުކަޒަކަށްވެސް ވަނީ ހަމަލާދީފައެވެ.

  • ސާބިތުކަމާއެކު އިންޒާރުދިނުން: އިރާނުގެ އިސް އަސްކަރީ މުޝީރަކު ވިދާޅުވީ، އެމެރިކާއިން ދެމުންދާ ހަމަލާތައް މި ބަންދު ދުވަސްތަކުގައި ހުއްޓާނުލައިފިނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއަށް ހުރިހާ ދިމާލަކުން ފުލް ސްކޭލް އޮފެންސިވް ފުރިހަމަ ރައްދު ހަމަލާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މަދަނީ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތައް:

އިރާނުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން، އެމެރިކާގެ ހަމަލާތަކުގެ ނުރައްކާ އޮތް ދެކުނުގެ ހަތަރު ޕްރޮވިންސް ކަމަށްވާ ހޮރްމޮޒްގާން، ބޫޝެހްރު، ޚޫޒިސްތާން، އަދި ސިސްތާން ބަލޫޗިސްތާންގެ ސްކޫލްތަކުގެ ފައިނަލް އިމްތިހާންތައް ވަނީ ފަސްކޮށްފައެވެ. އެމެރިކާއަކީ ސްކޫލުތަކަށް ބޮން އަޅަން ފަސް ނުޖެހޭ ގައުމެއް ކަމުން މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތަށް ކަމަށް ބުނެއެވެ.

އެމެރިކާއިން ވަނީ ހުރުމުޒު ޕްރޮވިންސްގެ އަންހެން ކުދިންގެ ސްކޫލަކަށް ބޮން އަޅައި 100 އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. ނިއުޔޯކު ޓައިމްސްއާއި އަލްޖަޒީރާއިން ގެނަސްދިން ތަހުގީގުން ސާބިތުވީ މިއީ އެމެރިކާއިން ސްކޫލެއްކަން އެނގި ހުރެ އަދި ދަރިވަރުން ތިބިކަން އެނގި ހުރެ ދިން ސޮލީބީ ޓެރަރިސްޓް ހަމަލައެއް ކަމަށެވެ.

ސޮލީބީ ހަމަލާތަކާއެކުވެސް އިރާނުގެ ޝީރާޒް ސިޓީއާއި ދުބާއީއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުތައް 5 މަހުގެ މެދުކެނޑުމަކަށްފަހު މިއަދު ހޮނިހިރު ދުވަހު ވަނީ ކާމިޔާބުކަމާއެކު އަލުން ފަށާފައެވެ.

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ އެމެރިކާގެ ޓެރަރިސްޓް ހަމަލާތަކުގައި ބަންދަރު ޚަމީރުގެ ފާލަމަކަށް ދިން ހަމަލާގައި 3 ރައްޔިތަކު ޝަހީދުވެފައިވާ ކަމަށާއި، ގައުމުގެ ދިފާއުގައި އިރާނުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!