އިންޑިއާގައި ބީޖޭޕީ ވެރިކަމަށް އައި ފަހުން މީހުންނަށް މަޖުބުރުކޮށްފައި ވަނީ ވަންދޭ މާތަރަމް ގެ ޝިއާރު ގޮވުމަށެވެ! ވަންދޭ މާތަރަމް ދިވެހި ބަހަށް ތަރުޖަމާ ކޮށްފިނަމަ މާނައަކީ: "އަމާއެވެ! ތިބާއަށް އަހުރެން ސަޖިދަ ކުރަމަވެ!"
މުސްލިމުން ވަނީ މި ގޮވެލި ގޮވުމަށް ދެކޮޅު ހަދާފައެވެ. އިތުރު ކަމެއް ނުކުރެއެވެ. މުސްލިމުން ބުނަނީ އެހެން ކިޔޭކަށް ނެތް ކަމަށެވެ. ނަމަވެސް ގަދަކަމުން މުސްލިމުން ލައްވައިު ކިޔުއްވަންވެސް އުޅެއެވެ.
އިންޑިއާގެ ޕާލަމެންޓްގެ ހައިދަރްއާބާދު މެމްބަރު އަސަދުއްދީން އުވައިސީ ވިދާޅުވަނީ މި ގޮވެއްޔަކީ ޝިރުކުރު ކުރުމުގެ ގޮވެއްޔެއް ކމަށެވެ. މުސްލިމުން ސަޖިދަ ކުރާނީ އެއްކައުވަންތަ ޚާލިގުިވަންތަ އިލާހަށް ކަމަށް އޭނާ ވިދާޅުވެއެވެ.
އިންޑިއާއިން މިހާރު ދަނީ ގާނޫނަކުން މި ކަން މަޖުބުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޔައުނީ، މި ގިޮވެލި ގޮވުމާ ދެކޮޅު ހެދުމަކީ އެއަށް އިހާނެތިކޮށް ހިތުމެވެ. އިހާނެތިކޮށް ހިތާ މީހާއަށް 3 އަަހރުގެ ޖަލު ހުމުމެއް ލިބޭނެއެވެ.
އެކަމަކު މީގައި އިންޑިއާގެ ސަރުކާރުގެ ފުށުއެރުންތަކެއް އެބަހުއްޓެވެ. އިންޑިއާއަކީ ހިދާޔަތުގެ ތެދު މަގަށް ގޮވާލުމާ ދެކޮޅަށް ގާނޫނު ފާސްކޮށްފައިވާ ގައުމެކެވެ. މާނައަކީ އިންޑިއާގައި މީހަކަށް ދީނަށް ގޮވާލައިފިނަމަ އަދި އެމީހާ އެކަމަކީ އޭނާ ގަދަކަމުން ދީނަށް ވެއްދުމަށް ކުރި މަސައްްކަތެއް ކަމަށް ބުނެފިނަމަ "އެންޓި ކޮންވާޝަން" ގާނޫނުގެ ދަށުން ޖިނާއީ ދައުވާ ކުރެވޭނެއެވެ.
އިންޑިއާގައި އަހަރަކު މުސްލިމުންނާއި ނަސްރާނީނީންގެ 3 ލައްކަ މީހުން ހިންދީ ދީނަށް ވަދެއެވެ. ހިންދީންނާއި ޔަހޫދީން ނަނީ އުފަން ވުމުން ނޫނީ އުސޫލެއްގެ މަތިން އެއިން ދީނަކަށް މީހާއަށް ނު ވަދެވޭ ވައްތަރުގެ ދެ ދީނެވެ. ނަމަވެސް މިހާރު މިކަން ވަނީ ބަދަލު ކށްފައެވެ.
އެއާ ޚިލާފަށް ކޮންނެ އަހަރަކު 30 ހާސް ހިންދޫން އިސްލމް ދީން ގަބޫލު ކުރެއެވެ.
މިފަސްމަންޒަރުގައި އެހެން މީހަކަށް ދީނަށް ވެއްދުމަކީ މަޖުބުރު ކަމެއް ކަމުގައިވާއިރު ހިންދީ ދީނުގެ ޝިއާރެއް މުސްލިމެއްގެ މައްޗަށް މަޖުބޫރު ކުރެވޭނެ ހެއްޔެވެ؟






