ދިވެހިރާއްޖެއަށް ފަހު ދެކުނު އޭޝިއާގައި ޕޮލީމާ ނޫޓޫ ތައާރަފް ކުރާ ދެވަނަ ގައުމަކަށް ވުމަށްޓަކައި އިންޑިއާއިން މަސައްކަތް ފަށައިފިކަމަށް ބެލެވެއެވެ. ޕޮލީމާ ނޫޓޫ ތައާރަފް ކުރުމަށް އިންޑިއާގެ މަސްއޫލުވެރިން ސައްލާ ކުރާތާ މިހާރު 10 އަހަރު ވެއްޖެއެވެ. އެކަމަކު އަދިވެސް ނަތީޖާއާ ހަމައަށް އާދެވިފައެއް ނުވެއެވެ.
މި ކަމާ ގުޅޭ އެންމެ ފަހުގެ ކުރިއެރުމަކީ، އިންޑިއާގެ ފައިސާ ޗާޕުކުރުމުގެ ޒިންމާ އުފުލާ އާރު.ބީ.އައި ގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ "ބާރަތިޔާ ރިޒާވް ބޭންކް ނޫޓް މުދުރަން ޕްރައިވެޓް ލިމިޓެޑް" އިން، ޕޮލިމަރ ޝީޓް އުފެއްދުމާއި ސަޕްލައިކޮށްދޭނެ ބައިނަލްއަގުވާމީ ކުންފުނިތަކެއް ހޯދުމަށް އެދ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ބެލުމަށް އިއުލާނެއް ކޯށްފައި ވުމެވެ. މީޑިއާއިން ބުނަނީ 10 އަހަރަށ ްފަހު މިކަމަށް ބޭނުންވާ ޕޮލިމަރ ބޭންކްނޫޓު ޗާޕުކުރާ ޚާއްޞަ މާއްދާ ހޯދުމުގެ ތައްޔާރީތައް ފެށިފައިވާ ކަމެވެ.
މި މަސައްކަތް ކުރިއަށް ދިޔަހެން ހީވިނަމަވެސް އާރު.ބީ.އައި ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާ ވިދާޅުވީ މިއީ އަދި މިކަމަށް ގޮތެއް ނިންމީ ކަމަށް ނުބެލެވޭ ކަމަށެވެ. އަދިވެސް މަރުަކޒީ ބޭންކުން މިކަމާ މެދު ވިސްނަނީ ކަމަށެވެ!
އިންޑިއާގެ ފައިސާ ނޫޓޫ ޗާޕް ކުރާ ކުންފުނި "ބާރަތިޔާ ރިޒާވް ބޭންކް ނޫޓް މުދުރަން ޕްރައިވެޓް ލިމިޓެޑް"ގެ ޗާޕްޚާނާތައް ހުންނަނީ މައިސޫރު އަދި ސަލްބޯނީގައެވެ. ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ފަރާތުން ބިޑް ހުށަހެޅުމަށް އެ ކުންފުނިން ނިންމި ނިންމުމަކީ، ޕޮލިމަރ އަށް ބިނާކޮށް ނޫޓު ނެރުމުގެ ދިރާސާތަކުގައި އިޖުރާއީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޕޮލިމަރ ނޫޓު ދެކުނު އޭޝިއާގައި ބޭނުން ކުރަނީ އުތުރުން ދެކުނަށް އެއް ވެރިކަމެއް ހިންގުމުގެ ތާރީޚު ދެކުނު އޭޝިއާގައި ހަދާފައިވާ އެންމެ ޒަމާންވީ ގައުމު ކަމަށްވާ ދިވެހިރާއްޖެއިން އެކަންޏެވެ.






