ޖޯޑަންއަށް އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ ބައެއް ސިފައިން މަރުވެ، އެކަކު ގެއްލިއްޖެ

ޖޯޑަންއަށް އީރާނުން އިއްޔެ ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި އެމެރިކާގެ ސިފައިން ގެ ދެމީހަކު މަރުވެ، އިތުރު ސިފައިންގެ މީހަކު ގެއްލިއްޖެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިއަދު ހާމަކޮށްފިއެވެ.

ސެންޓްކޮމްއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި އެމެރިކާގެ އިތުރު ހަތަރު ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ. ޒަޚަމްވި ސިފައިންނަށް ޖޯޑަންގެ ހޮސްޕިޓަލްތަކުން ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި ކުދިކުދި އަނިޔާ ލިބުނު ބައެއް ސިފައިން ފަރުވާއަށްފަހު އަލުން ޚިދުމަތަށް ނުކުމެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މަރުވި ސިފައިންގެ އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، އެމީހުންގެ އާއިލާތަކަށް އެންގުމަށްފަހު 24 ގަޑިއިރު ވަންދެން، މަރުވި ސިފައިންގެ މައުލުމާތު ހާމަނުކުރާނެ ކަމަށް ސެންޓްކޮމްއިން ބުނެއެވެ.

މި ހަމަލާތައް ދީފައި ވަނީ، އެމެރިކާއިން އިސްލާމްއާބާދު ފަހުމުނމާއާ ޚިލާފްވެ އީރާނަށް ޓެރަރިސްޓް ހަމަލަތަކެއް ދިނުމާ ގުލިގެން އެކަމަށް ބަދަލު ހިފުމަށް އީރާނުން އެމެރިކާ ސިފައިންނަށް ހަމަލަ ދިނުމުންނެވެ. އީރާނާ އެމެރިކާއާ ދެމެދު މިދިޔަ ޖޫން މަހު ސޮއިކުރި ސުލްހައިގެ ފަހުމުނާމާއާ އެމެރިކާއިން ޚިލާފް ވުމުން އީރާނުން ބުނެފައި ވަނީ އެގައުމުންވެސް އެއަށް އަމަލު ކުރަން ނެތް ކަމަށެވެ.

އެމެރިކާ އާއި އީރާނުން ކުރިން އެއްބަސްވެފައިވަނީ އަސްކަރީ ހަރަކާތްތައް 60 ދުވަހަށް ހއުްޓާލުމަށެވެ. ނަމަވެސް އާދަވެގެން އެމެރިކާއިން އަހުދާ ޚިލާފްވާ ގޮތަށް މިފަހަރުވެސް އިސްވެ ޚިލާފްވެ އިރާނަށް ޓެރރިސްޓް ހަމަލަ ދިނީއެވެ.

ހިއްސާ ކުރައްވާ!