ފަހުމުނާމާ ދިރުވަން 10 ދުވަހަށް ހަނގުރާމަ ހުއްޓާލަން ހުށަހަޅައިފި

އެމެރިކާގެ ޓެރަރިސްޓް އަމަލުތަކާއި ޖެއްސުންކުރުމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ހަމަނުޖެހުންތައް ކުޑަކުރުމަށް މެދުވެރިން މަސައްކަތްތަކެއް ފަށައިފިއެވެ. އީރާނުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، ޖުލައި 9 ވަނަ ދުވަހު އެމެރިކާ ފެށި ހަމަލާތަކުގެ ކުރިން އޮތް ހާލަތަށް ރުޖޫއަވުމަށް ޕާކިސްތާނާއި ގަތަރުން ހުށަހަޅައިފިއެވެ. މިއީ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ދައްކަމުންދާ އަމިއްލަ އިސްނެގުމުގެ ތެރެއިން ކުރެވޭ ކަމެކެވެ. ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި، 10 ދުވަހަށް "ވަގުތީ ގޮތުން ހަނގުރާމަ ހުއްޓުމެއް" ގެންނަން މެދުވެރިން ވަނީ ހުށަހަޅާފައެވެ.

އެމެރިކާގައި ތެލުގެ އަގު އުފުލުމާއި ކަނޑުއޮޅި ބަންދުވުމާއި އެމެރިކާ ސިފައިން މަރުވުމާއި ބޯޓުތައް ގޮއްވާލައި ބޮޑެތި ގެއްލުމާ ކުރިމަތި ލުމަކީ އެމެރިކާއަށް މިކަމަށް އަވަސްވެގަންނާނެ ކަމެކެވެ.

އީރާނުގެ ނިއުސް އެޖެންސީން ބުނާ ގޮތުގައި، ޕާކިސްތާނާއި ގަތަރުން ވަނީ މި ވާހަކަ އީރާނަށް އަންގާފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވީ، އީރާނުން މި ހުށަހެޅުންތަކާ މެދު ވަރަށް ފަރުވާތެރިކަމާއެކު ވިސްނަމުންދާނެ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަޤާއީ އިތުރަށް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި މެދުވެރިންގެ ފަރާތުން އެކި މެސެޖުތައް ލިބެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ފަރާތުން ފެންނަމުންދާ ހަރުކަށި އަދި ޒިންމާދާރުކަން ކުޑަ ޓެރަރިސްޓް އަމަލުތަކުގެ ސަބަބުން މަޝްވަރާތަކަށް ހުރަސް އެޅޭކަން ފާހަގަކުރެވެއެވެ. އީރާނުން އަބަދުވެސް ދަމަހައްޓަމުން އަންނަނީ ސުލްހަވެރި ހައްލެއް ހޯދުމުގެ ސިޔާސަތެވެ.

ހިއްސާ ކުރައްވާ!