ޕާކިސްތާނުގެ އެންމެ ބޮޑު ގޮން ޖެހުމަކީ ސިޔާސީ ބަިއބައި ވުމާއި ޓެރަރިޒަމެވެ. އަދި ކަޝްމީރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އިގްތިސާދީ ބަލިކަށިކަމަކީ އެ ގައުމުގެ ކުރިމަގަށް އޮތް ބޮޑު ބިރެކެވެ. ކަޝްމީރުގައި ހިނގި ހަމަނުޖެހުންތަކުގައި 31 މީހުން މަރުވުމަކީ އެ ސަރަހައްދުގެ ސަލާމަތީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމުގެ ހެއްކެކެވެ. އދ. އިން މިކަން ތަހުގީގުކުރަން ގޮވާލާފައިވާއިރު، ޕާކިސްތާނުގެ ދާހިލީ ހަމަނުޖެހުންތަކުން ދައްކުވައިދެނީ ސަރުކާރުގެ ބާރު ދަށްވާ މިންވަރެވެ.
މީގެ އިތުރުން، ސިންދު ޕްރޮވިންސުގައި އެޗްއައިވީ ފެތުރެމުންދާ މައްސަލައަކީ ޕާކިސްތާނުގެ ސިއްހީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ވަރުގަދަ ހެއްކެކެވެ. އެތައް ހާސް ކުޑަކުދިންނަކަށް މި ބަލި ޖެހިފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ރައްކާތެރި ނޫން ސިރިންޖު ބޭނުންކުރުމާއި، ސިއްހީ އާލާތްތައް ސާފުތާހިރުކަމާއެކު ބޭނުން ނުކުރުމެވެ. މިއީ މުޅި ގައުމުގެ ސިއްހީ ނިޒާމަށް ލިބުނު ބޮޑު ހުތުރެކެވެ.
ބޮޑު ވަޒީރު ވަނީ ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ސިރިންޖު ބޭނުން ކުރުން މަނާ ކުރުމަށް ނިންމަވާފައެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، ޕާކިސްތާނު ވަނީ ގަލްފްގެ ހަމަނުޖެހުމާއި ޑޮލަރު އާމްދަނީ ދަށް ވުމުގެ ސަބަބުން ހީނަރު ހިސާބެއްގައެވެ. އަދި ބޭރުގެ ދަރަނިތައް ބޮޑުވެ، ރިޒާވް ދަށަށް ގޮސްފައިވުމުން، ގައުމު ހިންގުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އިންފްލޭޝަން އިންތިހާއަށް މައްޗަށް ގޮސްފައިވުމުން، އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތައް ހޯދުން ވަނީ ދަތިވެފައެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އައިއެމްއެފްގެ އެހީތެރިކަމާއެކު ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށެވެ. ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އިތުރު ބުރަކަމެއް އުފުލަން ޖެހިފައިވެއެވެ.
ޕާކިސްތާނުގެ ސިޔާސީ މަސްރަހު އިތުރަށް ނުތަނަވަް ވަނީ އަފްޣާނިސްތާނުން އަންނަ ހަމަލާތަކާއި ސިޔާސީ ކޯޅުމެވެ. ސިޔާސީ ޕާޓީތަކުގެ ދެމެދުގައި އޮތް ވާދަވެރިކަމާއި، ސިފައިންގެ ނުފޫޒު ސިޔާސީ ކަންކަމުގައި އޮތުމަކީ ގައުމުގެ ހަމަޖެހުމަށް އޮތް ހުރަހެކެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ޕާކިސްތާނު މިސްރާބު ޖަހަނީ އުދަގޫ ފައްތަރަކަށެވެ.






