އިންޑިއާއާއި ޗައިނާއާ ދެމެދު އާދައިގެ ޚާރިޖީ ގުޅުމެއް އިއާދަވުމުގެ އެންމެ ބޮޑު އަސާސަކީ ބޯޑަރު ސަރަހައްދުގެ ސުލްހައާއި ހަމަޖެހުން ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއަށް ވިދާޅުވެއްޖެއެވެ.
މެނީލާގައި ކުރިއަށްދާ އާސިއާން ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ބޯޑަރު ސަރަހައްދުގައި އުފެދިފައިވާ ފިއްތުންތަކާއި މަސްރަޙާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ޖައިޝަންކަރު ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އާދައިގެ ހާލަތަކަށް ގެނެވޭނީ "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް" (އެލްއޭސީ) ކައިރީގައި ސުލްހަމަސަލާމްކަން ދެމެހެއްޓިގެން ކަމަށް ސަރީހަކޮށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ބޯޑަރުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އަސްކަރީ އަދި ޚާރިޖީ މުއާމަލާތްތައް އިތުރަށް ކުރިއަށްގެންދިއުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
2020 ވަނަ އަހަރު ގަލްވާން ވާދީގައި ހިނގި ހަމަނުޖެހުންތަކަށްފަހު، އިންޑިއާއާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ދެޤައުމުގެ ގިނަ އަދަދެއްގެ ސިފައިން ދަނީ ފަރުވާތެރިކަމާއެކު ތިބެމުންނެވެ. މި ބައްދަލުވުމަކީ ދެޤައުމުގެ ގުޅުން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.






