އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއަކީ ފޭކު ސިޓީއެއް ކަމަށާއި، އެއީ ދޮގެއް ކަމަށް ބުނެ ސެންޓްރަލް ގަވަރމަންޓުން ބުރާސްފަތި ދުވަހު ސާފުކޮށްދީފިއެވެ.
އަޝޯކާ ޗަކްރާގެ ނިޝާނާއި ޕީއެމް މޯދީގެ ސޮޔާ އެކު އާންމުވެފައިވާ އެ ސިޓީގައި ބުނެފައިވަނީ، ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ "އަމިއްލަ އަދި ސިޔާސީ ޒިންމާ" ނެންގެވުމުގެ ގޮތުން ކަމަށެވެ.
ޕީއައިބީ ފެކްޓް ޗެކުން އެ ވާހަކަ ދޮގުކޮށްފި
ޕްރެސް އިންފޮމޭޝަން ބިއުރޯ (ޕީއައިބީ) ގެ ފެކްޓް ޗެކް ޔުނިޓުން ވަނީ އެ ވާހަކަ ދޮގުކޮށް، ބޮޑުވަޒީރު އެފަދަ އިސްތިއުފާގެ ސިޓީއެއް ނުފޮނުއްވާ ކަމަށް ބުނެފައެވެ.





