ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގުތައް އިންތިހާއަށް ބޮޑުވެފައި ވެއެވެ. މިއީ ޖަނަވަރީ މަހަށްފަހު އެންމެ ބޮޑުވި މިންވަރެވެ. މިކަން ގުޅިފައި ވަނީ މޫސުމީ އަދި އިގުތިސާދީ އެކި ސަބަބުތަކާ އެވެ.
- "ރޮބަސްޓާ" ކޮފީގެ އަގު ޖުލައި މަހު 9.1 އިންސައްތަ އިތުވެ، ކިލޯއެއްގެ އަގު 4.07 ޑޮލަރަށް އަރައިފި.
- "އަރަބިކާ" ކޮފީގެ އަގު 16.5 އިންސައްތަ އުފުލި، ކިލޯއެއްގެ އަގު 7.91 ޑޮލަރަށް އަރާފައިވޭ.
- ކޮކޯގެ އަގު 27.5 އ_ިންސައްތަ މައްޗަށް ގޮސް، ކިލޯއެއްގެ އަގު 5.61 ޑޮލަރަށް އަރާފައިވޭ.
ތަފާސްހިސާބުތަކުން ދައްކާގޮތުން، 2026 ވަނަ އަހަރުގެ ޖުލައި މަހު "ރޮބަސްޓާ" ކޮފީގެ ކޮންޓްރެކްޓްތައް ވަނީ ކުރީ މަހާ އަޅާބަލާއިރު 9.1 އިންސައްތަ މައްޗަށް ގޮސްފައެވެ. އެގޮތުން ކިލޯއެއްގެ އަގު 4.07 ޑޮލަރަށް އަރާފައިވާއިރު، މިއީ މިދިޔަ ޖެނުއަރީ މަހު (4.24 ޑޮލަރު) އަށް ފަހު ރެކޯޑުކުރެވުނު އެންމެ މަތީ އަގެވެ.
އަދި "އަރަބިކާ" ކޮފީގެ އަގުތަކަށް މިއަށްވުރެ މަތިވެފައިވެއެވެ. އަރަބިކާގެ އަގު ވަނީ 16.5 އިންސައްތައަށް މަތިވެފައެވެ. އެއީ ކިލޯއެއް 7.91 ޑޮލަރަށެވެ. މިއީވެސް މިދިޔަ ޖެނުއަރީ މަހު (8.02 ޑޮލަރު) އަށް ފަހު ރެކޯޑުކުރެވުނު އެންމެ މަތީ އަގެވެ.
މި ބަދަލުތައް އައިސްފައިވަނީ ހަމައެކަނި ކޮފީއަކަށް ނޫނެވެ. ފާއިތުވި މަހު ކޮކޯގެ އަގުވެސް ވަނީ 27.5 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ކޮކޯގެ ކިލޯއެއްގެ އަގު 5.61 ޑޮލަރަށް ބޮޑުވެފައި ވެއެވެ، މިއީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު (5.78 ޑޮލަރު) ކޮކޯގެ އަގު މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ.
ދަނޑުވެރިކަމުގެ މިފަދަ މުހިންމު ތަކެތީގެ އަގުތައް މިހާ ބޮޑަށް މައްޗަށް ދާން މެދުވެރިވަނީ ދުނިޔޭގެ ދަނޑުވެރި އުފެއްދުންތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ޓްރަމްޕް ދުނިޔޭގެ އިގްތިސާދު ހަލާކުކޮށްލުމަށް ކުރާ މަސައްކަތާ ހެދިއެވެ.






