ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ސޯލިހު ނިންމަވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މި މަގު އިޚްތިޔާރުކުރެއްވީ އެ ޕާޓީގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ޚާއްޞަ މަޝްވަރާ ބައްދަލުވުންތަކަކަށްފަހުގައެވެ. އެހެންނަމަވެސް، ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމަނިކުފާނު އަދި ރަސްމީކޮށް އިޢުލާނުކުރައްވާފައެއް ނުވެއެވެ.

ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާނުކުރައްވާފައިވަނީ ޕާޓީގެ ކުރީގެ ޗެއާޕަސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެކަންޏެވެ. މީގެއިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ބެލެވެއެވެ. ޝާހިދު ގެންދަވަނީ ވަކިވަކިން ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުވެސް ވަނީ ޓިކެޓަށް ހުރި ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!